25 ޖުލައި 2017 - 08:18

އަންނަ ނޮވެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ބޯޓިން އެވޯޑްސް އަށް ކުރިމަތިލީ ކުންފުނިތަކަށް އޮންލައިންކޮށް ވޯޓް ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޔުނިކާ ޕްރައިވެޓް ލިމިޓެޑާއި ލިވަބޯޓް އެސޯސިއޭޝަނުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ބޯޓިން އެވޯޑަށް ކުންފުނިތައް ހޮވަން މިއަދުން ފެށިގެން އަންނަ އޯގަސްޓް 31 އާ ހަމައަށް ވޯޓް ލެވޭނެ އެވެ.
އެވޯޑު ދޭ ފަރާތްތައް ކަނޑައަޅަނީ ޖަޖުންގެ 40 ޕަސެންޓް އަދި އޮންލައިން ވޯޓުން 60 ޕަސެންޓް ހިނަމައިގެންނެވެ. އޮންލައިންކޮށް ވޯޓް ލެވޭނީ އެ އިވެންޓްގެ ރަސްމީ ވެބްސައިޓް www.boatingawards.mv އިންނެވެ.
ބޯޓިން އެވާޑަކީ ޓޫރިޒަމް ދާއިރާގައި ބޭނުންކުރާ ސަފާރީ، ޔޮޓް އަދި ޑައިވިން ދޯނި ފަހަރުތަކަށް ދޭ ހާއްސަ އެވޯޑެކެވެ. އެވޯޑް ދެނީ ތަފާތު 25 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
މިދިޔަ އަހަރާއި 2014 ގައި ވެސް ބޯޓިން އެވޯޑް ދީފައިވެ އެވެ.