މެރިން އެކްސްޕޯއާ އިތުރު ކުންފުނިތަކެއް ގުޅިއްޖެ
މެރިން އެކްސްޕޯއާ އިތުރު ކުންފުނިތަކެއް ގުޅިއްޖެ

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބާއްވާ މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯއާ (އެމްއެމްއީ) އިތުރު ކުންފުނިތަކެއް ގުޅިއްޖެ އެވެ.

މެރިން އެކްސްޕޯއާ އިތުރު ކުންފުނިތަކެއް ގުޅިއްޖެ
މެރިން އެކްސްޕޯއާ އިތުރު ކުންފުނިތަކެއް ގުޅިއްޖެ

ކޮށްދިއްޕަރު ރިސޯޓް ކައިރީގައި އޮންނަ ފިނޮޅެއްގައި މިއަދު ތަފާތު ގޮތަކަށް ބޭއްވި ރަސްމިއްޔާތެއްގައި މެރިން އެކްސްޕޯއާ އަލަށް ގުޅިފައިވަނީ ނުވަ ކުންފުންޏެކެވެ. އެއީ މެރާކީ ކޮފީ ރޯސްޓާސް، ޑިޒައިން ގެލަރީ ހޯލްޑިންގްސް، އިންސައިޑް ޕްލަސް، މޯލްޑިވްސް ޓީވީ، ރޮންބަސް، ސެވަން އޯޝަން ޓްރާންސްޕޯޓް، އައިޓެކް، ޕާލޭ މޯލްޑިވްސް އަދި ޑައިވް 48 އެވެ.

އަންނަ ސެޕްޓެމްބަރު 9-11 އަށް މާލޭގައި ބާއްވާ މެރިން އެކްސްޕޯގެ ސްޕޮންސަރުންނަކީ އެމްޓީސީސީ އާއި ގަލްފް ކްރާފްޓެވެ. ކޯސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސާއި ފިއުލް ސަޕްލައި މޯލްޑިވްސް އެވެ.

ޕްރިމިއަމް ޕާޓްނަރުންނަކީ އެމް ސެވަން ޕްރިންޓް، އިވެންޓް މޯލްޑިވްސް އަދި އެމްއެމްޕީއާރުސީގެ އިތުރުން ދިރާގެވެ. ޕްރިމިއަމް ޕާޓްނަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ މިދިޔަ ތިން އަހަރު ވެސް ޕާޓްނަރުންގެ ގޮތުގައި ތިބި ކުންފުނިތަކެވެ.

"މިހާރު" ނޫހުން އޮންލައިން މީޑިއާ ޕާޓްނަރުކަން ނަގާފައިވާ މި އަހަރުގެ މެރިން އެކްސްޕޯއާ އަލަށް ގުޅުނު ޕާޓްނަރުންނާ އެކު އެކްސްކުލޫސިވް ޕާޓްނަރުންގެ އަދަދު 17 އަށް އަރަ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އެންޑޯޒް ކޮށްގެން ބާއްވާ މެރިން އެކްސްޕޯގެ ރަސްމީ އިވެންޓް މެނޭޖާ އަކީ ބްލަކް އެވެ.