ފާރިސްގެ ޝަރީއަތަށް މައުމޫން ވަޑައިގެންފި
ފާރިސްގެ ޝަރީއަތަށް މައުމޫން ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބާއްވާ އިބްތިދާއީ އަޑުއެހުމަށް ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ކޯޓަށް ވަޑައިގެންފި އެވެ.

ފާރިސްގެ ޝަރީއަތަށް މައުމޫން ވަޑައިގެންފި
ފާރިސްގެ ޝަރީއަތަށް މައުމޫން ވަޑައިގެންފި

މިއީ ފަހުގެ ތާރީޚެއްގައި ކޯޓުގައި ބާއްވާ ޝަރީއަތަކަށް މައުމޫން ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރިޝްވަތުގެ ތުހުމަތުގައި ދޫނިދޫގައި ހައްޔަރުކޮށްފައިވާ ފާރިސް ވެސް މިހާރު ވަނީ އިބްތިދާއީ އަޑުއެހުމަށް ކޯޓަށް ހާޒިރުކޮށްފަ އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ހެނދުނު 11:30 އަށް ތާވަލް ކޮށްފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު އޮތް އިބްތިދާއީ އަޑުއެހުމުގައި އޭނާ އެ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސް އަށް ދައުވާކުރާއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް 45 މެމްބަރުންގެ ސޮއި ހޯދުމަށް ފާރިސް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އޭނާ ވަނީ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް ފާރިސްގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް އަދިއެއް ނުފަށަ އެވެ. އެ މައްސަލާގައި އަދި ކުރިއަށް ގެންދަނީ ތަހުގީގެވެ.