ޝަރުތު ހަމަވާ މީހުން ސެޕްޓެމްބަރުގައި އިއުލާންކޮށް، ފްލެޓްތައް ހަވާލުކުރަނީ
ޝަރުތު ހަމަވާ މީހުން ސެޕްޓެމްބަރުގައި އިއުލާންކޮށް، ފްލެޓްތައް ހަވާލުކުރަނީ

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން މީގެ ތިން އަހަރު ކުރިން ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުން ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާންކޮށް، މި އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ޝަރުތު ހަމަވާ މީހުން ސެޕްޓެމްބަރުގައި އިއުލާންކޮށް، ފްލެޓްތައް ހަވާލުކުރަނީ
ޝަރުތު ހަމަވާ މީހުން ސެޕްޓެމްބަރުގައި އިއުލާންކޮށް، ފްލެޓްތައް ހަވާލުކުރަނީ

ހުޅުމާލެ އިން ދޫކުރާ 1،100 ފްލެޓަށް ކުރިމަތިލީ 15،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް މިނިސްޓްރީން ކުރިން ބުނި ނަމަވެސް އެ މުއްދަތަކަށް އެކަން ނުނިމުނެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުން ލަސްވީ، ފްލެޓް އިމާރާތްކޮށް ނިންމުމުގައި ލަސްތަކެއް ކުރިމަތިވުމުން ކަމަށެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްލެޓްތައް ހަވާލުކުރާނެ ކަމުގެ ޔަގީންކަން، އެ މަސައްކަތް ކުރާ ޗައިނާގެ ކުންފުނިން މިހާރު ދީފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސެޕްޓެމްބަރު މަހާ ހަމަ އަށް ލިސްޓު އިއުލާން ކުރަން. މި އަހަރު އިރާދަ ކުރެއްވިއްޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިރިއުޅުމުގެ ހާލަތު ބަލަން، މިނިސްޓަރު ވިދާޅުވި ގޮތުގައި، ޓީމުތައް މިހާރު އަންނަނީ ދެ ވަނަ ފަހަރަށް ގޭގެ އަށް ޒިޔާރަތް ކުރަމުންނެވެ.

މި ފިޔަވަހީގައި ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 1،100 ފްލެޓަށް ކުރިމަތިލީ ބައެއް މީހުންގެ ދިރިއުޅުމުގެ ހާލަތު މިހާރު ވަނީ ބަދަލުވެފަ އެވެ. ކުރިން ކުއްޔަށް އުޅުނު ގެ ދޫކޮށް އެހެން ގެއަކަށް ބަދަލުވެފައިވާ އިރު ކައިވެންޏާއި ދަރިންގެ އަދަދުގެ އިތުރުން ދިރިއުޅުމުގެ އެހެން ކަންކަމަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ. އެހެންވެ މިނިސްޓްރީން ކުރިން ކަނޑައަޅާފައިވާ އުސޫލަށް ޕޮއިންޓް ދިނުމަކީ އެންމެ އިންސާފުވެރި ގޮތްތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ.

އެކަމަކު، އިވެލުއޭޝަންތައް ނިންމައި، ފްލެޓް ދޭނީ އެންމެ ހައްގުވެރިންނަށް ކަމުގެ ޔަގީންކަން މުއިއްޒު ދެއްވަ އެވެ.