23 ޖުލައި 2017 - 11:14

މައިކްރޮސޮފްޓުގެ ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 5.3 ބިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެ އެވެ.
ދެވަނަ ކުއާޓަރުގެ ފައިދާގެ ގޮތުގައި 5.3 ބިލިޔަން ޑޮލަރު ލިބުނު އިރު، 23.3 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވެ އެވެ. ފުރަތަމަ ކުއާޓަރުގައި 20.6 ބިލިޔަން ޑޮލަރުގެ ވިޔަފާރިކޮށް، ފައިދާ އަށް ލިބުީ 3 ބިލިޔަން ޑޮލަރެވެ.
ލަފާކުރި ވަރަށް ވުރެ ފައިދާ އިތުރުވުމާ ގުޅިގެން، މައިކްރޯސޮފްޓުގެ ހިއްސާގެ އަގު ވެސް ވަނީ ތިން ޕަސެންޓަށް އުފުލިފަ އެވެ.
މައިކްރޯސޮފްޓުން ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމް ވަރުގަދަ ކުރުމަށް މުޅި ކުންފުނީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ވެސް ވަނީ ގެނެސްފަ އެވެ.
ކްލައުޑް ކޮމްޕިއުޓިން އަކީ އޮންލައިންކޮށް ޑޭޓާ ރައްކާކުރުމާއި މެނޭޖުކުރުމުގެ އިތުރުން ޕްރޮސެސް ކުރެވޭ ސިސްޓަމެކެވެ.