24 ޖުލައި 2017 - 06:32

އައިފާ އެވޯޑުގައި ބައިވެރިވާން އެމެރިކާގެ ނިއު ޔޯކަށް ކުރި ދަތުރުގައި ސުޝާންތު ވަނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އަށް ޒިޔާރަތްކޮށްފަ އެވެ.
މިއީ އޭނާ މިހާރު ކުޅެން ތައްޔާރުވާ "ޗަންދާ މާމާ ދޫރް ސޭ" ގައި ސަންޖޭ ޕޫރަން ސިންގް ޗައުހާން ކިޔާ ކެރެކްޓާއެއް ކުޅުމަށް ތައްޔާރުވުމުގެ ގޮތުން ކުރި ޒިޔާރަތެކެވެ. ނާސާގައި ހުރެ ނަގާފައިވާ ފޮޓޮއަކާ އެކު ސުޝާންތު އިންސްޓަގްރާމް ކުރި މެސެޖެއްގައި ބުނީ އޭނާ އެސްޓްރޮނޯޓަކަށް ވާތަން ދުށުމަކީ 2016 ވަނަ އަހަރު މަރުވި މަންމަގެ ހުވަފެނެއް ކަމަށެވެ.
މި ފިލްމު ފަށަން އޮތީ މި މަހު ފަހުކޮޅު ނަމަވެސް މިހާރު ވަނީ ފިލްމުގެ މަސައްކަތް ފަށާފަ އެވެ.
މި ފިލްމަށްޓަކައި ސުޝާންތު ތަމްރީނު ކުރުމާ ހަވާލުވެފައި ވަނީ ސްޕެޝަލް އިފެކްޓްސް ސުޕަވައިޒަރު ޖޯން ޕާމާ އެވެ. އޭނާ އަކީ "އެޕޯލޯ 13" (1995) "ޑީޕް އިމްޕެކްޓް" (1998)، އާމަގަޑަން (1998) އަދި "ދަ މާޓިއަން" (2015) ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ވަރަށް މޮޅު މީހެކެވެ.
މި ފިލްމުގައި ސުޝާންތާ އެކު ނަވާޒުއްދީން ސިއްދީގީ ވެސް ބައިވެރިވާނެ އެވެ.