ޑްރަގު ވިޔަފާރިކުރާ މީހުން ގަޔަށް ބަޑިޖަހަން އަންގައިފި
ޑްރަގު ވިޔަފާރިކުރާ މީހުން ގަޔަށް ބަޑިޖަހަން އަންގައިފި

ޖަކާޓާ (ޖުލައި 22) - އިންޑޮނީޝިއާގައި ޑްރަގު ވިޔަފާރިކުރާ މީހުން ގަޔަށް ބަޑި ޖަހަން އެ ގައުމުގެ ރައީސް ޖޮކޯ ވިޑޯޑޯ އަންގަވައިފި އެވެ.

އިންޑޮނީޝިއާގެ ރައީސްގެ މި ނިންމެވުމަކީ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ ސިޔާސަތާ އެއްފަދަ ނިންމެވުމެކެވެ. ޑުޓާޓެ ވެސް ވަނީ ފިލިޕީންސްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ގަޔަށް ބަޑިޖެހުމަށް އަންގަވައިފަ އެވެ.

އިންޑޮނީޝިއާގެ ސިޔާސީ ޕާޓީއަކުން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ވިޑޯޑޯ ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބިދޭސީންނާ މެދު ޚާއްސަކޮށް ސަމާލުވާން ޖެހޭ ކަމަށާއި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ދިއުމަށް ދެކޮޅު ހަދާ ނަމަ ބަޑިޖަހަން ޖެހޭ ކަމަށެވެ.

އިންޑޮނީޝިއާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ދުނިޔޭގައި އެންމެ ހަރުކަށި އަދަބުދޭ އެއް ގައުމެވެ. މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންގެ މައްޗަށް އިއްވި މަރުގެ ހުކުމް ތަންފީޒު ކުރުމުން ޑުޓާޓެ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އިންޑޮނީޝިއާގެ ވެރިކަމާ ވިޑޯޑޯ 2014 ވަނަ އަހަރު ހަވާލުވެވަޑައިގަތް ފަހުން ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި 18 މީހަކަށް މަރުގެ އަދަބު ދީފަ އެވެ.