ކުރީގެ ޕީޖީ މުހުތާޒު އޭޑީކޭގައި އެޑްމިޓްކޮށްފި
ކުރީގެ ޕީޖީ މުހުތާޒު އޭޑީކޭގައި އެޑްމިޓްކޮށްފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އޭޑީކޭ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ހަސަން ލުގުމާން ވިދާޅުވީ މުހުތާޒު ޑޮކްޓަރަށް ދެއްކުމުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ލަފާ ދީފައިވާ ކަމަށެވެ. އެހެންވެ އެޑްމިޓްކޮށް ފަރުވާ ދިނުމަށް ގާތްގަނޑަކަށް ފަސް ވަރަކަށް ދުވަސް ވާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލައިގައި 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މުހުތާޒު އެޑްމިޓްކުރީ މައިބަދައިގެ މައްސަލައަކަށް ފަރުވާ ހޯދުމަށް ކަމަށް އެނގިފައިވެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ހުކުމް ކުރި ފަހުން މައިބަދައިގެ މައްސަލަޔަަށް މީގެ ކުރިން ވެސް މުހުތާޒު ވަނީ ފަރުވާ ހޯއްދަވައިފަ އެވެ.