22 ޖުލައި 2017 - 12:27

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިޖޫރީ ވަގަށް ގެންދިޔަ މައްސަލަ އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފުސީލެއް ދެވެން ނެތްކަމަށް ފުލުހުން ބުންޏެވެ.
ތިޖޫރީ ވަގަށް ގެންދިޔައީ ކޮން އިރަކު ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
އެނގިފައިވާގޮތުގައި ތިޖޫރީ ވަގަށް ގެންދިޔައިރު އޭގެ ތެރޭގައި ދެ ލައްކައެއްހާ ރުފިޔާ ހުންނާނެ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.