ސަފީރު އަލީ ނަސީރު އެމެރިކާގެ ރައީސަށް ފަތްކޮޅު އަރުވައިފި
ސަފީރު އަލީ ނަސީރު އެމެރިކާގެ ރައީސަށް ފަތްކޮޅު އަރުވައިފި

އެމެރިކާއަށް ރާއްޖެއިން ކަނޑައެޅި ސަފީރު އަލީ ނަސީރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިއްޔެ ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފި އެވެ.

ސަފީރު އަލީ ނަސީރު އެމެރިކާގެ ރައީސަށް ފަތްކޮޅު އަރުވައިފި
ސަފީރު އަލީ ނަސީރު އެމެރިކާގެ ރައީސަށް ފަތްކޮޅު އަރުވައިފި

އެމެރިކާގެ ސަފީރު ކަމުގެ އިތުރުން އދ. ގެ ދާއިމީ މަންދޫބުކަމާއި ކެނެޑާ އަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ވެސް އައްޔަން ކުރައްވާފައިވާ އަލީ ނަސީރު ޓްރަމްޕާ ބައްދަލު ކުރައްވައި މަގާމުގެ ފަތްކޮޅު އެރުވީ ވައިޓް ހައުސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް އަބްދުﷲ ޔާމީން މި މަގާމުތަކަށް އަލީ ނަސީރު އައްޔަންކުރައްވާފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭނާ ކުރިން ހުންނެވީ ފޮރިން ސެކްރެޓަރީ ކަމުގެ މަގާމުގަ އެވެ.

އަލީ ނަސީރަކީ ގަވަރުނަރު އަޒީމާ އާދަމްގެ ފިރިކަލުންނެވެ. ނިއު ޔޯކްގެ ދިވެހިރާއްޖޭގެ މިޝަނުން، އަލީ ނަސީރު ވައިޓް ހައުސްގައި އަނބިކަނބަލުންނާ އެކު ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓްކޮށްފައިވެ އެވެ. ފިރިކަލުންނާ އެކު އަޒީމާ އެމެރިކާއަށް ދިރިއުޅުން ބަދަލުކުރައްވައި ގަވަރުނަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާން ކަމުގެ އަޑުތަކެއް ކުރިން ފެތުރިފައިވެ އެވެ.