ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް އަދިވެސް އަޅުގަނޑަކީ މަޖިލީހުގެ މެމްބަރެއް: އިލްހާމް
ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް އަދިވެސް އަޅުގަނޑަކީ މަޖިލީހުގެ މެމްބަރެއް: އިލްހާމް

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް އަދިވެސް އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން މަޖިލީހަށް އިންތިހާބު ވުމަށް ފަހު ޕީޕީއެމާ ގުޅިވަޑައިގެން ދުވަސްކޮޅަކު އުޅުއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީން ވަކިވެފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އިލްހާމްގެ ގޮނޑިގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.

އެ މައްސަލައާ ގުޅިގެން އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ އަކީ އަދިވެސް މަޖިލީހުގެ މެމްބަރެއް ކަމަށާއި ގާނޫނާ ޚިލާފުވާ ފަރާތްތަކާ ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.

"ދުނިޔެ ދައްކަމުންދާ ހަގީގަތަކީ މިއީ. އިންޝާﷲ މި ހިތްވަރެއް ބަލި ނުކުރެވޭނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

އިލްހާމް ވިދާޅުވެފައި ވަނީ އުފާ ފާގަތި ފަތިހަކަށް ދާދި އަވަހަށް އަލިވިލޭނެ ކަމަށެވެ.

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން ޕީޕީއެމުން ވަކި ކުރުމާ އެކު އެ ދެ ބޭފުޅުންގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް، މި ދެ މެމްބަރުންނަކީ ވެސް، ސްްޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ޕީޕީއެމުން ވަކިވެ އެކަން އެ ޕާޓީއަށް ސިޓީއަކުން އަންގަވާފައިވާ ދެ މެމްބަރުންނެވެ.