21 ޖުލައި 2017 - 08:10

އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ އަށް ކުޅުނު ސާބިއާގެ ވިންގާ އަލެކްސަންޑަ ރަކިޗާއި އަލީ ހައިޝަމް (ޗުމްޕު) އެ ޓީމުން ދޫކޮށްލައިފި އެވެ.

މިއީ މި ފަހަރު މާޒިޔާ އިން ދޫކޮށްލި ތިން ވަނަ ކުޅުންތެރިއާ އެވެ. މާލޭ ލީގުގެ ދެ ވަނަ ބުރުގެ މެދުތެރެއިން މާޒިޔާ އިން ވަނީ އެ ޓީމަށް ކުޅޭ ރުމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސް ދާން އެދުމުން އޭނާ ވެސް ދޫކޮށްލައިފަ އެވެ.
ރަކިޗަކީ މާލޭ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ ހުރިހާ މެޗަކުން މޮޅުވިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި އޭއެފްސީ ކަޕްގައި ވެސް އޭނާ ވަނީ މާޒިޔާ އަށް މުހިއްމު ލަނޑުތަކެއް ކާމިޔާބު ކޮށްދީފަ އެވެ. އޭނާ މާޒިޔާ ދޫކޮށްލީ އަށް ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.
ކުރިން ނިއު ރޭޑިއަންޓާއި ބީޖީ އަށް ކުޅުނު ހައިޝަމް އަށް މި ސީޒަނުގައި މާޒިޔާ އިން މާ ގިނަ ފުރުސަތެއް ނުލިބެ އެވެ. އޭނާ މުޅިން ވެސް ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
އެނގިފައިވާ ގޮތުގައި މާޒިޔާ ދޫކޮށްލުމަށް ފަހު ހައިޝަމް ބަދަލުވާނީ ކުރީގެ ކްލަބް ޔުނައިޓެޑް ވިކްޓަރީ އަށެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީން ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި އެފްއޭ ކަޕް ސެމީ ފައިނަލުގައި ކުޅުނުއިރު އެ ޓީމުގައި ހައިޝަމް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އަންނަ ހޯމަ ދުވަހާ ހަމައަށް ހުޅުވިފައިވާ ޓްރާންސްފާ ޕީރިއަޑް ބަންދުވުމުގެ ކުރިން މާޒިޔާ އަށް އިތުރު ކުޅުންތެރިން ގުޅޭނެ ކަމަށް އެ ޓީމުން ބުނެ އެވެ.