ބަލިވެއިންތޯ ބަލަން މިއީ ވެސް ކުރާ ޓެސްޓެއް
ބަލިވެއިންތޯ ބަލަން މިއީ ވެސް ކުރާ ޓެސްޓެއް

ބަނޑުބޮޑުތޯ ބަލަން ބޭނުން ނަމަ އެކަން ބެލުމަށް ހާއްސަ ކިޓެއް ބޭނުން ކުރުމަކީ އާންމު ކަމެކެވެ. އެކަމަކު ކަށަވަރުކަން އެންމެ ބޮޑު ގޮތަކީ ޑޮކްޓަރަކަށް ދައްކައިގެން ލެބޯޓްރީ ޓެސްޓެއް ހެދުމެވެ.

ބަނޑު ބޮޑުތޯ ބެލުމަށް، ދަތް އުނގުޅާ ބޭސް ބޭނުންކޮށްގެން ވެސް ބައެއް މީހުން ޓެސްޓްކުރާ ކަމަށްވެ އެވެ. އެ މީހުން ބުނަނީ މި ޓެސްޓުން ނަތީޖާ ދިމާވާ ކަމަށެވެ. އެކަމަކު މިފަދަ ކަމެއްގައި އަބަދުވެސް އިތުބާރުކުރަންވާނީ ޑޮކްޓަރުންގެ ލަފަޔަށެވެ.

ދަތްއުނގުޅާ ބޭހުން ޓެސްޓް ހަދަނީ ކުޑަކަމުދާ ނަޖިހާއި ދަތްއުނގުޅާ ބޭސްކޮޅެއް އެއްކޮށްގެންނެވެ. ކުޑަކަމުދާ ނަޖިސް ފޮދަކާއި ދަތްއުނގުޅާ ބޭސްކޮޅު އެއްޗަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. މި ޓެސްޓުގެ ނަތީޖާ އެންމެ ބަރާބަރަށް ދައްކާނީ ހެނދުނު ހޭލާ ގޮތަށް އެންމެ ފުރަތަމަ ކުޑަކަމުދާއިރު ނަގާ ސާމްޕަލުންނެވެ. ސަބަބަކީ އެޗްސީޖީ ޕްރެގްނަންސީ ހޯމޯން އެންމެ ގިނައިން ހުންނާނީ ހެނދުނު ހޭލާގޮތަށް ފުރަތަމަ ކުޑަކަމުދާ ނަޖިހުގައި ކަމަށް ވާތީ އެވެ.

މި ދޭތި އެއްކޮށްލުމުން ފޮނު އަރައި ނޫ ކުލައަކަށް ބަދަލުވެއްޖެ ނަމަ ބަނޑު ބޮޑީ ކަމަށް ބަލަ އެވެ.

މި ޓެސްޓުގެ ނަތީޖާ ވަރަށް ބަރާބަރުކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް މެޑިކަލް ޕްރޮފެޝަނަލުން އިލްތިމާސް ކުރަނީ މިއަށް ވުރެ ޕްރޮފެޝަނަލް މެތަޑްތައް ބޭނުންކުރުމަށެވެ.