ހުޅުމާލޭގައި ލިންކްސާވްގެ ފިހާރައެއް ހުޅުވައިފި
ހުޅުމާލޭގައި ލިންކްސާވްގެ ފިހާރައެއް ހުޅުވައިފި

ހުޅުމާލޭގައި ލިންކްސާވްގެ އާ ފިހާރައެއް މިއަދު ހުޅުވައިފި އެވެ.

ހުޅުމާލޭގައި ލިންކްސާވްގެ ފިހާރައެއް ހުޅުވައިފި
ހުޅުމާލޭގައި ލިންކްސާވްގެ ފިހާރައެއް ހުޅުވައިފި

ލިންކްސާވުން ބުނީ އަލަށް ހުޅުވި ފިހާރައާ އެކު ހުޅުމާލޭ ރައްޔިތުންނަށް ބޭނުންވާ އައިޓީ ސާމާނު މާލެ ނައިސް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ. އަދި ލިންކްސާވް މަލޭ ފިހާރައިން ލިބޭ ހުރިހާ ސާމާނެއް ހުޅުމާލޭ ފިހާރައިން ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭގައި ލިންކްސާވް ފިހާރަ ހުންނަނީ ނިރޮޅު މަގުގެ އަށް ނަންބަރު ގޯޅީގަ އެވެ.

ހުޅުމާލޭގެ ފިހާރައިގެ އިތުރުން މާލެ އާއި އައްޑޫ އަދި ހދ. ކުޅުދުއްފުށީގައި ވެސް ލިންކްސާވްގެ ފިހާރަތައް އަންނަނީ ހިންގަމުންނެވެ.

"ލިންކްސާވް މާލޭ ފިހާރަތަކުން ވިއްކާ މުދަލެއް ހުޅުމާލޭ ފިހާރައިގައި ނެތް ނަމަ އޯޑަރު ކުރުމުން ގެނެސްދޭނަން،" ލިންކްސާވް އިން ނެރުނު ބަޔާނެއް ބުންޏެވެ.

ލިންކްސާވުން ވިއްކާ މުދަލުގެ ތެރޭގައި ނެޓްވޯކިން، ސެކިއުރިޓީ، ޓެލެކޮމް އަދި އެ ނޫންވެސް ވަރަށް ގިނަ ކަންކަމަށް ބޭނުންވާ ތަކެތި ހިމެނެ އެވެ.