20 ޖުލައި 2017 - 11:33

"މަނީކަރުނީކާ - ދަ ކުއީން އޮފް ޖާންސީ"ގެ މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި ޕްރޮޕް ކަނޑިޔަކުން ނިތްކުރީގައި ޖެހި ވަރަށް ބޮޑަށް ޒަހަމްވުމާ ގުޅިގެން ފަރުވާ ދޭން ފަށައިފި އެވެ.
މިޑް-ޑޭ ނޫޙުން ބުނީ ކަންގަނާއަށް އަނިޔާވީ ކަނޑިހަނގުރާމަކުރާ މަންޒަރުތަކެއް ނަގަނިކޮށް ކަމަށެވެ. މި މަންޒަރުތައް ނަގަން އޮތީ ބޮޑީ-ޑަބަލް ބޭނުންކޮށްގެންނެވެ. ނަމަވެސް ކަންގަނާ ބޭނުންވީ ސީދާ އޭނާ އެ މަންޒަރުތައް ކުޅުމަށެވެ.
ކަންގަނާގެ ނިތްކުރީގައި ކަނޑިން ޖެހި ބޮޑުތަނެއް ކަފައިގެން ދިިޔައީ ކަނޑި ހޫރާލި ވަގުތު ބޯ ތިރިކޮށްލަން ޖެހޭ މަންޒަރެއްގައި އޭނާއަށް ތިރި ނުވެވުމުންނެވެ.
ހާދިސާ ހިނގުމާ އެކު ކަންގަނާ ވަނީ އެޕޯލޯ ހޮސްޕިޓަލަށް ގެންގޮސް އައިސީސީޔޫގައި ފަރުވާ ދީފަ އެވެ. ކަފައިގެން ދިޔަ ތަން ފަހަން 15 ސްޓިޗް ޖަހާފައިވެ އެވެ. އޭނާ ހަފުތާއެއްހާ ދުވަހު ހޮސްޕިޓަލްގައި އޮންނަން ޖެހޭނެ އެވެ.
ކަންގަނާ ބެލި ޑޮކްޓަރުން ބުނަނީ އޭނާ ސަލާމަތްވެފައި މިވަނީ މަރުގެ އެތި ފަހަރަކުން ކަމަށާއި ކުޑަކުޑަ ތަންކޮޅެއް ފުންކޮށް ކަފައިގެން ދިޔަ ނަމަވެސް ބޮލުގެ ނާށިގަނޑަށް ގެއްލުންވީސް ކަމަށެވެ.
ޝޫޓިން އޮތް ތަނުން ކަންގަނާ ހޮސްޕިޓަލަށް ގެންދަން ބައި ގަޑިއެއްހާއިރު ހޭދަވި އެވެ. އެ ވަގުތު ވަރަށް ގިނަ ލޭ ފޭބި އެވެ.
ޑައިރެކްޓަރު ބުނީ ޒަހަމްގެ ސަބަބުން ކަންގަނާގެ ނިތްކުރީގައި ވަރަށް ބޮޑު ލަކުނެއް ލިޔަސް އެ ލަކުނު ފިލުވާލަން، ފިލްމު ނިމުމުގެ ކުރިން އެއްވެސް ކަމެއް ކުރަން ކަންގަނާ ބޭނުން ނުވާ ކަމަށެވެ.
މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އެެޕްރީލް މަހު އެވެ.