25 ޖުލައި 2017 - 12:15

އެސްޓީއޯ ސުޕަމާޓުން ކުރިއަށް ގެންދިޔަ ހޯލްސޭލް ޕްރޮމޯގެ ގުރުއަތު ނެގުން މިއަދު ބާއްވައިފި އެވެ.
އޭޕްރީލް 1 އިން މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ އެއް ވަނަ އަށް ދުބާއީ ދަތުރެއް، ދެ ވަނަ އަށް ތައިލެންޑް ދަތުރެއް އަދި ތިން ވަނަ އަށް އިންޑޮނޭޝިޔާ ދަތުރެއް ވަނީ ހުށަހަޅާފަ އެވެ.
މި ޕްރޮމޯޝަންގެ އެއް ވަނަ އަށް ހޮވުނީ އަބްދުﷲ ނިޒާރު ސޯދިގު އެވެ. ދެ ވަނަ އަށް އިސްމާއިލް މިރުސަލް ހޮވުނު އިރު ތިން ވަނަ އަށް ހޮވުނީ ޝީޒާ އެވެ.
މީގެ އިތުރުން 10 ނަސީބުވެރިއަކު ގުރުއަތުން ނެގި އެވެ. އެ 10 ނަސީބުވެރިންނަށް އެސްޓީއޯ ސުޕަމާޓުން ދިނީ 5000ރ. ގެ ވައުޗަރެކެވެ.