26 ޖުލައި 2017 - 12:39

ލިޓަސް އަށް އާ ކަސްޓަމަރަކު ހޯދައިދީގެން 1000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރިކުރާ ކުންފުނިން "ލެޓްސް ޕެއާ އެންޑް އާން ޔުއާ ޝެއާ"ގެ ނަމުގައި އެ ޕްރޮމޯޝަން ކުރިއަށް ގެންދާ ގޮތަށް ވަނީ އިއްޔެ އިން ފެށިގެން އޮގަސްޓް 31ގެ ނިޔަލަށެވެ. އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނީ އެ ކުންފުނިން ކުރިން ވިޔަފާރި ކޮށްފައި ތިބި ކަސްޓަމަރުންން ކަމަށް ވެސް ލިޓަސްއިން ބުންޏެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ކަސްޓަމަރުންގެ އަގު ވަޒަންކުރަން. މި ޕްރޮމޮޝަނަކީ އެގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް. ކަސްޓަަރުންނަށް އިތުރަށް ފައިސާ ލިބުމުގެ މަގު ފަހިކޮށްދޭން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ،" ލިޓަސްގެ ސޭލްސް އެންމެ މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.
ލިޓަސް އިން ބުނީ އެ ޕްރޮމޯޝަނުގެ މުއްދަތުގައި އެ ކުންފުނިން ވިޔަފާރި ކޮށްފައިވާ ފަރާތްތަކަށް ކޯޑެއް ފޮނުވާނެ ކަމަށެވެ. އަދި އެކޯޑު ބޭނުން ކޮށްގެން ވިޔަފާރި ކުރުމުން، ކޯޑު ފޮނުވި ކަސްޓަމަރަށް 1،000ރ. ދޭނެ ކަމަށެވެ.
ކޯޑު ބޭނުން ކޮށްގެން ވިޔަފާރި ކުރުމުން، އަލުން އެހެން ކޯޑެއް އެ ކަސްޓަމަރަށް ފޮނުވާނެ އެވެ. ދެ ވަނަ ކޯޑު ބޭނުން ކޮށްގެން ވިޔަފާރި ކުރުމުން ވެސް ފައިސާ ދޭނެ ކަމަށް ލިޓަސް އިން ބުންޏެވެ.