19 ޖުލައި 2017 - 10:38

އެސްޓީއޯ އިން މި ރަމަޟާން މަހު ބޭއްވި ރޯދަ ޕްރޮމޯޝަންގެެ ނަސީބުވެރިން އިއްޔެ ހޮވައި އިނާމު ހަވާލު ކޮށްފި އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް އެސްޓީއޯ ސުޕަމާޓްގައި ބޭއްވި ހަފްލާގައި އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަށް ގުރުއަތުން ހޮވުނު ފަރާތްތަކަށް އެއް އަހަރު ދުވަހަށް އެސްޓީއޯ އިން ވިޔަފާރި ކުރުމަށް ވައުޗާއެއް ދިނެވެ. އޭޕްރީލް 23ން ޖުލައި އެކަކަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމު ވެސް ދިނެވެ.
މި ޕްރޮޮމޯޝަންގެ އެއްވަނަ އަށް ގުރުއަތުން ހޮވިފައިވަނީ ހުސައިން ފަރިޔާދު، ސިނަމާލެ 1102 އެވެ. މި ފަރާތަށް 25،000ރ ގެ ފައިސާގެ އިނާމު ވަނީ ލިބިފަ އެވެ.
އެސްޓީއޯ ޕްރޮމޯޝަންގައި ދެ ވަނަ އަށް ގުރުއަތުން ހޮވުނު ފަރާތަށް ކަނޑައަޅާފައިވަނީ 15،000ރ. އެވެ. މި އިނާމަށް ގުރުއަތުން ހޮވިފައިވަނީ އަހުމަދު ނަޝީދު، ގ. ހިލްމަން އެވެ.
ތިން ވަނަ އަށް ގުރުއަތުން ހޮވިފައިވަނީ އަހުމަދު ލަތީފް، ގ. އައިމާ އެވެ. އޭނާ އަށް އެސްޓީއޯ އިން ކަނޑައަޅާފައިވާ 12،000ރ ގެ އިނާމު ރޭ ހަވާލު ކުރި އެވެ.
މީގެ އިތުރުން މިޕްރޮމޯޝަން ތެރޭގައި ކޮންމެ ހަފުތާ އަކު ގުރުއަތުން ހޮވާލެވުނު ކޮންމެވެސް އެއް ފަރާތަކަށް އެސްޓީއޯ އިން ވިޔަފާރި ކުރުމުގެ ވައުޗާ ވަނީ ދީފަ އެވެ.