18 ޖުލައި 2017 - 23:39

ފުވައްމުލަކުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، ރުކެއްގައި ޖެހި ހަ މީހުންނަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 20:15 ހާއިރު ފުވައްމުލަކު ދަނޑިމަގު ސަރަހައްދުގައި ހުރި ރުކެއްގައި ޖެހިގެންނެވެ.
އަނިޔާވި ހަ މީހުންނަށް ފުވައްމަލު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ. މި އެކްސިޑެންޓުގައި އަނިޔާވީ ކާރުގައި ތިބި ހަ މީހަކަށް ކަމަށްވެ އެވެ.
ޕްރައިވެޓް ކާރަށް ބޮޑެތި ގެއްލުން ވެފައިވާއިރު، ކާރު އޮތީ ދެ ރުށް ދޭތެރޭގައި ތާށިވެފަ އެވެ.