18 ޖުލައި 2017 - 13:29

ރޭ އިރާކޮޅު ދަރުބާރުގޭ ކައިރީގައި ބިދޭސީއެއްގެ އަތުން ތިން ލައްކައެއްހާ ރުފިިޔާ ފޭރުނު ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ އަތުން ފޭރުނު ސީދާ އަދަދު އަދި ޔަގީންނުކުރެވުނަސް ބިދޭސީ މީހާގެ އަތުގައި އޮތް ދަބަހުގައި ތިން ލައްކަ އާއި ހަތަރު ލައްކައާ ދެމެދުގެ އަދަދަކަށް ފައިސާ ހުންނާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަތަށް ވަޅިއަކުން ހަމަލާދިނުމަށް ފަހު ފޭރެން އުޅުމުގެ ތެރޭގައި އޭނާގެ ދަބަހުން ތިރީހަކަށް ހާސް ރުފިޔާ ބިންމައްޗަށް ވެރުނު ކަމަށް ވެސް ވެ އެވެ.
ބިދޭސީން އެއް ބަޔަކު އަނެއް ބައެއްގެ އަތުން ފޭރުމަކީ އާންމު ކަމެއް ނޫނެވެ. އެކަމަކު ބައެއް ބިދޭސީންގެ މަރުގެ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން ލ. އަތޮޅުގައި މިދިއަ މާޗު މަހު ފަހުކޮޅު ބަންގްލަދޭޝްގެ މީހަކު މަރާލުމުގެ ތުހުމަތުގައި އެ ގައުމުގެ ތިން މީހަކު ހައްޔަރުކުރި އެވެ.
ފުލުހުން ބުނާ ގޮތުގައި ރޭގެ ފޭރުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.