ސޭންޑިސްކް "އައިއެކްސްޕޭންޑް" އަކީ ކޮން އެއްޗެއްކަން އެނގޭތަ؟
ސޭންޑިސްކް "އައިއެކްސްޕޭންޑް" އަކީ ކޮން އެއްޗެއްކަން އެނގޭތަ؟

އެނގެ އެވެ. އެއީ އައިފޯން ކޭސް އެކެވެ. އައިފޯން އެހެން ކޭސްތަކާ، ސޭންޑިސްކް އައިއެކްސްޕޭންޑް ތަފާތުވާ ސަބަބުތަކެއް އެބަ ހުއްޓެވެ.

ސޭންޑިސްކް އައިއެކްސްޕޭޑް އަކީ އައިފޯން 6 އަށް އަދި އައިފޯން 6އެސް ޚާއްސަ ފޯން ކޭސްއެކެވެ. އެއީ ހަމައެކަނި ފޯނު ކޭސްއެއް ނޫނެވެ. ރަނގަޅު ގޮތަށް ވަނީ "ސޭންޑިސްކް އައިއެކްސްޕޭންޑް މެމޮރީ ކޭސް"އޭ ކިޔުމެވެ.

އައިފޯން 6 ނުވަތަ 6 އެސް އަށް އައިއެކްސްޕޭންޑް ލައިވާލާފައި އޮންނައިރު ވަރަށް ހުތުރެވެ. ހުރުވުމަކީ ދެން ހުރި ފަސޭހަތަކަށް ވުރެ ބޮޑު ކަމަކަށް ވާ ނަމަ ދެރަ އެވެ. އެކަމަކު ދެން ހުރި ފަސޭހަތަކަކީ ކޮބައިތޯ ބަލާލަމާ އެވެ. ކަވަރެއް އިޚުތިޔާރުކުރާނީ އެ އަށް ފަހު އެވެ.

ސޭންޑިސްކް އައިއެކްސްޕޭޑް އަކީ އައިފޯނަށް އިތުރުކުރެވޭ ޖާގައެކެވެ. މާނަ އަކީ ސްޓޯރޭޖް އިތުރަށް ބޭނުން ނަމަ އައިއެކްސްޕޭންޑްގެ 32ޖީބީ، 64ޖީބީ އަދި 128ޖީބީ ކޭސްއެއް އިޚުތިޔާކުރުމެވެ. އައިފޯނުގެ ސްޓޯރޭޖް މަދުވެގެން ވިސްނާކަށް ދެން ނުޖެހޭނެ އެވެ.

ސޭންޑިސްކް އައިއެކްސްޕޭޑެއް ފޯނުގައި އަޅުވާލުމުގައި އެހެން މޮޅެއް ވެސް އެބަ އޮތެވެ. އެ ކޭސް އުފައްދާފައި ވަނީ އިތުރު ބެޓެރީ ޕެކެއް ވެސް ހިފަހައްޓާ ގޮތަށެވެ. ތިރީގައި އެ ވާ ވީޑިއޯ ބަލާލާށެވެ. އެކަމަކު ބެޓެރީ ޕެކް އަދި ވިއްކާކަށް ނުފަށަ އެވެ.

ފޯނުގައި ސޭންޑިސްކް އައިއެކްސްޕޭޑް ކޭސްއެއް ލައްވާފައި އޮންނަ ގޮތް ކަމުދާ ނަމަ ދެން އޮތީ ކަވަރު ވިއްކަން ހުރި ތަނެއް ހޯދުމެވެ.