ފާރިސް ހައްޔަރުކޮށްފި
ފާރިސް ހައްޔަރުކޮށްފި

ފާރިސް ހައްޔަރުކުރުމުގެ ހެއްކެއްގެ ގޮތުގައި ކޯޓު އަމުރުގައި ބުނެފައި ވަނީ އިންޓެލިޖެންސް ސިއްރު މައުލޫމާތާއި ސިއްރު ހެއްކެއްގެ ހެކި ބަހާއި މައްސަލާގައި ތުހުމަތު ކުރެވޭ މީހެއްގެ ފޯނުން ފެނިފައިވާ މެސެޖުތަކުގެ ތަފުސީލު. އަދި މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ ވީޑިއޯއެއްގައި ހިމެނޭ އޯޑިއޯގެ ސްކްރިޕްޓަކީ ވެސް ފާރިސް ހައްޔަރުކުރުމުގެ ހެއްކެއް ކަމަށް އަމުރުގައި ވޭ.

ފާރިސް ހައްޔަރުކޮށްފި
ފާރިސް ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް، ޕްރޮސެކިއުޓަ ޖެނެރަލްގެ އެދިވަޑައިގަތުމަކަށް އިއްޔެ ހަވީރު 5:00 ގައި ނެރުއްވި އަމުރުގައިވާ ގޮތުން ފާރިސް ހައްޔަރުކުރީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 42 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ވެއްދުމަށް، ބައެއް މެމްބަރުންނަށާް ނުފޫޒު ފޯރުވައި، ގާނޫނާ ޚިލާފަށް މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުގައި. އަދި ފާރިސް މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އެ މައްސަލާގައި ލިބެން ހުރި ހެކި ފޮރުވައި، ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި އަދި ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަަސް ވާނެ ކަމެއް ކަމަށް ފެންނާތީ، އޭނާ ހައްޔަރުކުރުމުގެ އަމުރު ނެރުނީ ކަމަށް އޭގައި ބުނެފައިވޭ.

ފާރިސް ހައްޔަރުކޮށްފި
ފާރިސް ހައްޔަރުކޮށްފި

ފާރިސް މި ހައްޔަރުކުރީ އޭނާގެ އަނބިކަނބަލުންގެ ގޭގައި ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 9:00 އިން ފެށިގެން ފާސްކުރުމަށް ފަހު. ފުލުހުން ވަނީ ތިން ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ފާރިސްގެ އެޕާޓްމަންޓް ފާސްކޮށް އެތަނުން ބައެއް ސާމާނު ގެންގޮސްފައި.

ފާރިސް ހައްޔަރުކޮށްފި
ފާރިސް ހައްޔަރުކޮށްފި

މައުމޫން ހަމީދު: ފުރަތަމަ ނިންމީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ފާރިސް ގެންދިއުމަށް. އެކަމަކު ފުލުހުންގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު ގެންދިޔައީ ދޫނިދު އަށް.

ފާރިސް ހައްޔަރުކޮށްފި
ފާރިސް ހައްޔަރުކޮށްފި

މައުމޫން ހަމީދު: ފުލުހުންނަށް ފެންނަ، ކަމާ ގުޅުން ހުރި ތަކެތި ގެންދިޔަ. އޭގެ ތެރޭގައި ލިޔެކިޔުންތަކާއި ޕެންޑްރައިވް ފަދަ އެއްޗެހި ހިމެނޭ.

ފާރިސް ހައްޔަރުކޮށްފި
ފާރިސް ހައްޔަރުކޮށްފި

މައުމޫން ހަމީދު: ފުލުހުން އެ ވިދާޅުވާ އެއްވެސް އެއްޗެއްގެ އަސްލެއް އޮތް ކަމަކަށް ފާރިސް ގަބޫލެއް ނުކުރައްވާ.

ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފާރިސް ހައްޔަރުކުރީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުންގެ ވޯޓު ހޯއްދެވުމަށްޓަކައި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ކަމަށް.

ފާރިސް ދެންމެ ހައްޔަރުކޮށްފި.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެ ދެންމެ ފާސްކުރަން ފަށައިފި އެވެ.

ފާރިސްގެ އަނބިކަނބަލުންގެ ގެ މ. ސްނޯރޯޒްގައި ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކުރަމުންދާއިރު، އެ ސަރަހައްދު މިހާރު އޮތީ ބަންދުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ވެސް ދިރިއުޅުއްވަނީ އެ ގޭގަ އެވެ. ފާރިސް އާއި ސީޕީ އަރީފަކީ ދެ ޅިޔަނުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން މަޖިލީހުގެ މެމްބަރުން ރިޝްވަތު ހުށަހެޅި ކަމަށް ފާރިސްގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އޭނާ ރިޝްވަތު ދެއްވި ކަމުގެ ހެކި ވެސް ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކަމަކު އެ ތުހުމަތު ދޮގު ކުރައްވައި ފާރިސް ވިދާޅުވެފައި ވަނީ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީ، އަދި ހުށަހެޅި ކަމުގެ އެއްވެސް ހެއްކެއް ނުހުންނާނެ ކަމަށެވެ.

ފާރިސް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ސޮއިކުރައްވައި ރޭ 8:30 ގައި ނެރުއްވި އަމުރުގައި ބުނެފައި ވަނީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އިތުރު ބަޔަކާ ގުޅިގެން ފާރިސް ރިޝްވަތު ހުށަހެޅުއްވި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަނީ ރިޝްވަތުގެ ފައިސާއާ ގުޅޭ ހެއްކާއި ގަރީނާ ހޯދަން ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

ފާސްކުރަން ބޭނުންވާ ތަކެތީގެ ތެރޭގައި ފާރިސްގެ ލެޕްޓޮޕާއި ޗެކު ފޮތްތަކާއި ބޭންކްތަކަށް ހުށަހަޅާ ލިޔުންތަކާއި ސްޓޯރޭޖް ޑިވައިސް އާއި ރިޝްވަތުގެ މައްސަލައާ ގުޅޭ އެހެނިހެން ތަކެތި ހިމެނޭ ކަމަށް އަމުރުގައިވެ އެވެ.

ފާރިސްއާ ދެކޮޅަށް އިންޓެލިޖެންސްގެ ސިއްރު މައުލޫމާތާއި ހެއްކެއްގެ ހެކި ބަހާއި ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލާއި މައްސަލައާ ގުޅުން ހުރި ވީޑިއޯއެއްގެ އޯޑިއޯ ސްކްރިޕްޓް ލިބިފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.

ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރުމަށް ފުލުހުން ވަނުމާ ގުޅިގެން އޭނާގެ ބައްޕާފުޅު މައުމޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ޑިކްޓޭޓަރުންގެ ނިމުން ވަރަށް ހިތިވާނެ ކަމަށާއި ތާރީޚުން އެކަން އެނގޭ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކުރައްވައި އެ ޕާޓީން ވަނީ ވަކިވެވަޑައިގެންފަ އެވެ. މަސީހާ ދެކޮޅަށް މެމްބަރުން ސޮއި ކުރެއްވީ ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅައިގެން ކަމަށް ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ތަފުސީލް އަންނަނީ..