އިންޑޮނީޝިއާގެ މި ސްޓައިލަކީ އެކި މުނާސަބަތުތަކަށް ގުޅޭނެ ހިތްގައިމު ސްޓައިލެކެވެ. ޕާޓީތަކަށް ދާއިރު މި ސްޓައިލް ވަަރަށް ކަމުދާނެ އެވެ. މިއީ ނުރަސްމީ ސްޓައިލެއް ނޫނެވެ. އެހެންވެ އޮފީހަށް ދާއިރު ވެސް ކަމުދާނެ އެވެ. ޝިފޮން ފޮތީގައި މި ބުރުގާ ވަރަށް ރީއްޗަށް ސްޓައިލްކޮށްލެވޭނެ އެވެ.

މިފަހަރު ސްޓައިލްކޮށްދީފައި ވަނީ އައިޝަތު ދީމާ (ދީކޮ) އެވެ. މޮޑެލް އަކީ ތޫބާ މުހައްމަދެވެ.

އަންނަ ހޮނިހިރު ދުވަހު "މިހާރު ސްޓައިލް" އިން ސްޓައިލްގެ އާ ވީޑިއޯއެއް ގެނެސްދޭނެ އެވެ.