ޝޯމީ ސްމާޓް އެއާކޮންޑިޝަން އުފައްދަނީ
ޝޯމީ ސްމާޓް އެއާކޮންޑިޝަން އުފައްދަނީ

އަހަރެމެން ޝޯމީ ދަންނަނީ ސްމާޓްފޯން އުފައްދާ ކުންފުންޏެއް ގޮތުގަ އެވެ. ނަމަވެސް މި ހިސާބުން އެ ފިކުރު ދޫކޮށްލަން މި އޮތީ ޖެހިފަ އެވެ. ސްމާޓް އެއާކޮންޑިޝަން އުފައްދާ ކުންފުންޏެއް ގޮތުގައި، ޝޯމީ ބަލައިގަތުމަށް އެ ކުންފުނިން އެދެ އެވެ. ސްމާޓް އެއާކޮންޑިޝަން އުފެއްދުމަށްޓަކައި، ޝޯމީ ޚަރަދުކުރަން ފަށައިފި އެވެ.

ސްމާޓް އެއާކޮންޑިޝަން އުފެއްދުމަކީ ޝޯމީ ވަރަށް ކުރާ ހިތުން އުޅޭ ކަމެއް ކަމަށް ބެލެވެ އެވެ. އެ ކުންފުނިން މީގެ ކުރިން ވެސް ވަނީ އެއާކޮންޑިޝަން އުފައްދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު މަސައްކަތްތަކުގައި ވައިހިފާ ގޮތެއް ނުވި އެވެ.

"ސްމާޓް ހޯމް"ތަކުގައި ބޭނުންކުރުމަށް ސްމާޓް ޑިވައިސްތައް އުފެއްދުމަކީ، ޓެކްނޮލޮޖީ ކުންފުނިތަކުން ވަރަށް ބުރަކޮށް ކުރާ މަސައްކަތެކެވެ. ޝޯމީ ވެސް އެ އުޅެނީ އެ މަސްރަހަށް ވަނުމަށެވެ. ބުނެވޭ ގޮތުގައި ޝޯމީ އެއާކޮންޑިޝަންތައް، "ސްމާޓް ހޯމް" ދަރަޖަ އަށް އުފުލާނެ އެވެ.

ޝޯމީ އަކީ ސްމާޓް އެއާކޮޮންޑިޝަން އުފެއްދޭ ފެންވަރުގެެ ކުންފުންޏެކެވެ. އެއާކޮންޑިޝަންތައް ކޮންޓްރޯލްކުރެވޭ ފެންވަރަށް ޝޯމީ ސްމާޓްފޯނުތައް ވެސް ވަނީ ތަރައްގީކޮށްފަ އެވެ. އެކަމަކު، މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، ޗައިނާގައި އެއާކޮންޑިޝަން އުފެއްދުމަކީ ވާދަވެރިކަން ބޮޑު މަސައްކަތެކެވެ.

އެއާކޮޮންޑިޝަން އުފެއްދޭ ފެންވަރުގެ ފެކްޓަރީތަކެއް ޝޯމީ އަށް ލިބިފައެއް ނުވެ އެވެ. ޝޯމީން ސްމާޓް އެއާކޮޮންޑިޝަން އުފައްދަން ޖެހެނީ އެހެން ބަޔަކާ ގުޅިގެންނެވެ. މާނަ އަކީ މަަސައްކަތްކުން ލިބެންޖެހޭ ފުރިހަމަ ނަފާ ޝޯމީ އަށް ނުލިބުމެވެ.

ޝޯމީ އިން މަސައްކަތްކުރަނީ "ސްމާޓް ހޯމް" ގައި ބޭނުންކުރުމަށް ސްމާޓް އާލާތްތައް ތައާފުރުކުރަމުންނެވެ. އެ ސިނާއަތަށް ބޭނުންވާ ޓެކްނޮލޮޖީ އެ ކުންފުންޏަށް ލިބިފައި ވެ އެވެ. ޚާއްސަކޮށް މޮބައިލް ޓެކްނޮލޮޖީ އަށް ބަލާއިރު ޝޯމީ އަކީ ޗައިނާގައި ނަން ހިނގާ ކުންފުންޏެކެވެ.