ގާސިމްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި
ގާސިމްގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު 2:00 ގައި ބާއްވަން ހަމަޖައްސައި ކެންސަލް ކުރިއިރު، އޭނާގެ ނޭވާ ކުރުވެ، މެއަށް އުނދަގޫވާތީ މެންދުރު 12:45 އިން ފެށިގެން ވަނީ މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.

ގާސިމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިދިޔަ ހުކުރުދުވަހު ވެސް ބާއްވަން ހަމަޖެއްސި އެވެ. އެކަމަކު އެދުވަހުގެ އަޑުއެހުން ވެސް ކެންސަލްކުރީ އެވެ.

ގާސިމަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށަން ކޯޓުން ހަމަޖެއްސީ ކުރިން އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަތައް ދައުލަތުން އަލުން ހުށަހެޅުމުންނެވެ. އެ މައްސަލަތައް އޭރު ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިިރު ނުވުމުންނެވެ.