16 ޖުލައި 2017 - 11:45

މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދާ ގޮތަށް ރައީސް އޮފީހުން ނިންމައިފި އެވެ.
އެ އޮފީހުން ބުނިގޮތުގައި ޖުލައި 26 ގެ މުނާސަބަތުގައި ރައީސް ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ. މި ބައްދަލުވުމަށް މި ފަހަރު ވެސް ގިނަ ބަޔަކަށް ދައުވަތު އަރުވާ ގޮތަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮންމެ އަހަރެއްގެ ވެސް މިނިވަންދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރަސްމީ ބައްދަލުކުރެއްވުން ބާއްވަވަ އެވެ. އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ދައުވަތު އަރުވައިގެން ވަޑައިގަންނަވާ ބޭފުޅުންނާ ރައީސްގެ ދެކަނބަލުން ސަލާމް ކުރެއްވުމާއި ޖާފަތެވެ.