އިންޑިއާގައި ފެންބޮޑުވެ 83 މީހުން މަރުވެ ދެ މިލިއަން މީހުން ހާލުގައި ޖެހިއްޖެ
އިންޑިއާގައި ފެންބޮޑުވެ 83 މީހުން މަރުވެ ދެ މިލިއަން މީހުން ހާލުގައި ޖެހިއްޖެ

އާސާމް (ޖުލައި 15) - އިންޑިއާގެ އިރު އުތުރުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 83 މީހުން މަރުވެ ދެ މިލިއަން މީހުން ހާލުގައި ޖެހިއްޖެ އެވެ.

ފެންބޮޑުވެފައި ވަނީ ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ބޯކޮށް ވާރޭވެހުނު އާސާމް، އަރުނަޗަލް ޕްރަދޭޝް، ނަގަލޭންޑް އަދި މަނިޕޫރުގަ އެވެ. ފެންބޮޑުވުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އާސާމުން ވަނީ 53 މީހުން މަރުވެފަ އެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ފެންބޮޑުވި ހިސާބުތަކަށް ލިބުނު ގެއްލުންތައް ބެލުމަށް ޖޫނިއާ ހޯމް މިނިސްޓަރު ކިރެން ރިޖޫ އިސް ބޭފުކަށް ހިމެނޭ ގޮތަށް ވަފުދެއް ފޮނުއްވައިފަ އެވެ.

އާސާމްގެ ބްރަހްމަޕުތުރާ ކޯރު ބަންޑުންވުމުގެ ސަބަބުން ވަނީ ކަޒިރަންގާ ނޭޝަނަލް ޕާކުން، ދުނިޔެ އިން ހުސްވުމުގެ ބިރު އުފެދިފައިވާ ތިން ރައިނޯ މަރުވެފައިވާ ކަމަށް އާސާމްގެ ފޮރެސްޓް މިނިސްޓަރު ވިދާޅުވެފަ އެވެ. ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނޭ ކަޒިރަންގާ ނޭޝަނަލް ޕާކުގައި ގާތްގަނޑަކަށް 2،500 ރައިނޯ އުޅެ އެވެ. ދުނިޔޭގައި އުޅޭ ކަމަށް ލަފާކޮށްފައި ވަނީ 3،000 ރައިނޯ އެވެ. ފެންބޮޑުވުމުގައި ވަނީ ފުއްލާ އާއި ބެއާ ފަދަ 60 ޖަނަވާރު ވެސް ފަރުވެފައި ކަމަށް ފޮރެސްޓް މިނިސްޓަރު ވިދާޅުވި އެވެ.