25 ޖޫން 2016 - 09:08

އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރުގެ ފުރަތަމަ ފިލްމު "މިރްޒިޔާ"ގެ ފުރަތަމަ ޓްރެއިލާ ލޯންޗުކޮށްފި އެވެ. މި ފިލްމުން ފެންނަނީ ކުރީ ޒަމާނެއްގައި އުޅުނު ދެ ލޯބިވެރިން ކަމަށްވާ މިރްޒާ އާއި ސާހިބާންގެ ލޯބީގެ ވާހަކަ އެވެ.
ރާކޭޝް އޯމްޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ފުރަތަމަ އިޝްތިހާރުން ވެސް ފިލްމުގެ މަންޒަރުތައް ނަގާފައިވާލެއް މޮޅުކަން ހާމަވެ އެވެ. އަދި އަލަށް ބަތަލާގެ ބައި ކުޅޭ ސައިޔާމީ ކޭރް އާއި ހަރްޝްވަރްދަންގެ ކެމިސްޓްރީ ވެސް ވަރަށް ރަނގަޅުކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ. އަދި ފިލްމުގައި ހަރްޝްވަރްދަންގެ ސިފަ އާއި އެކްޓިން ވަރަށް ފާހަގަކޮށްލެވެ އެވެ.
ފުރަތަމަ އިޝްތިހާރުން ލަފާ ކުރެވެނީ މުޅިން ދެ ދައުރެއް ނުވަތަ ދެ ޒަމާނެއް މި ފިލްމުގައި ފެންނާނެ ހެންނެވެ.
ބައްޕަ އަނިލް ކަޕޫރު ފަދަ މޮޅު އެކްޓަރަކަށް ހަރްޝްވަރްދަން ވެދާނެ ކަން ނުވަތަ ނޫންކަން އެނގޭނީ ފިލްމު ރިލީޒްވުމުންނެވެ. މިހާރު ރިލީޒްކުރި އިޝްތިހާރުން ފެންނަ ގޮތުން އޭނާ ވަކި ބައްޕައަކަށް ދުލެއް ނުކުރާނެ އެވެ.