ގިނަ ވޯޓު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ ކޮޅަށް
ގިނަ ވޯޓު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ ކޮޅަށް

ލަންޑަން (ޖޫން 24) - އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންގައި ދެމިއޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް އިއްޔެ ނެގި ވޯޓުގެ ނަތީޖާގެ ބޮޑު ބައެއް މިހާތަނަށް ސާފުކޮށްފައިވާ އިރު އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ ކޮޅު ކުޑަ ތަފާތަކުން ގަދަވާ ކަމަށް ދައްކައިފި އެވެ.

ގިނަ ވޯޓު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ ކޮޅަށް
ގިނަ ވޯޓު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ ކޮޅަށް

ޚިޔާލު ހޯދުމުގެ ވޯޓުގެ 382 އޭރިޔާގެ ތެރޭން 200 އޭރިޔާގެ ވޯޓު ގުނާފައިވާ އިރު އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ ޕަސެންޓަކީ 51.69 އެވެ. އެއީ 7.8 މިލިއަން ވޯޓެވެ. އީޔޫގައި އިނގިރޭސި ވިލާތް ދެމި އޮތުމަށް ބޭނުންވާ ކަމަށް މިހާތަނަށް ވޯޓު ދީފައި ވަނީ 7.3 މިލިއަން މީހުންނެވެ. އެއީ ވޯޓުގެ 48.31 ޕަސެންޓެވެ.

ގިނަ ވޯޓު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ ކޮޅަށް
ގިނަ ވޯޓު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ ކޮޅަށް

މި ނަތީޖާތައް ސާފުވަމުންދާ ވަރަކަށް، އިނގިރޭސިން އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ "ލީވް ކޭމްޕް" ގައި ދަނީ އުފާފާޅު ކުރަމުންނެވެ. އިނގިރޭސިން ވަކިވުމަށް އެންމެ ބޮޑަށް ކެމްޕޭން ކުރެއްވި ޔޫކޭ އިންޑިޕެންޑެންޓް ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވީ "މިނިވަން އިނގިރޭސި ވިލާތަކަށް އިރު އަރަން ތައްޔާރުވެއްޖެ" ކަމަށެވެ. އޭނާ ވިދާޅުވީ ލަފާކުރުންތައް ދިމާވެއްޖެ ނަމަ މިއީ އިނގިރޭސިންގެ އެންމެ އާދައިގެ މީހާ އަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ގިނަ ވޯޓު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ ކޮޅަށް
ގިނަ ވޯޓު އިނގިރޭސިވިލާތް އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ ކޮޅަށް

'ޖޫން 23 އެއީ އިނގިރޭސިވިލާތުގެ މިނިވަން ދުވަހުގެ ގޮތުގައި ތާރީޚުގެ ތެރެއަށް ދޫކޮށްލަމާ،" ފަރާޖު ވިދާޅުވި އެވެ.

އީޔޫގައި ދެމި އޮތުމަށް ތާއީދު ކުރެއްވި ކޮންޒަވެޓިވް ޕާޓީގެ ކެމްޕޭނާ ޖަސްޓީން ގްރީނިން ވިދާޅުވީ ގޮތެއް ނިންމުން އަދި ތަންކޮޅެއް އަވަސް ކަމަށެވެ. އެކަމަކު ލޭބާ ޕާޓީގެ ޗުކާ އުމުންނާ ވިދާޅުވީ "މަންޒަރު ފެންނަ ގޮތުން އީޔޫގައި އިނގިރޭސި ވިލާތަށް އޮވެވިދާނެހެން ހީނުވާ" ކަމަށެވެ.

ސްކޮޓްލެންޑާއި ނޯދަން އައިލެންޑުން ވޯޓު ދީފައި ވަނީ އީޔޫގައި ދެމި އޮތުމަށެވެ. އެކަމަކު ވޭލްސްގެ ވޯޓުގެ 54.7 ޕަސެންޓް މީހުން ބޭނުން ވަނީ އީޔޫ އިން ވަކިވުމަށެވެ.

މިއީ އިނގިރޭސި ވިލާތުގައި ބޭއްވި ތިން ވަނަ ޚިޔާލު ހޯދުމުގެ ވޯޓެވެ. އެންމެ ފަހުން މީގެ ވޯޓެއް މީގެ ފަސް އަހަރު ކުރިން ނަގާފައި ވަނީ ޕާލަމެންޓަށް މެންބަރުން ހޮވާ ގޮތް ބަދަލު ކުރުމަށެވެ. އެ ފަހަރުގެ ވޯޓު ކާމިޔާބުވެފައެއް ނުވެ އެވެ. ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓު ނެގީ 1975 ވަނަ އަހަރު، އޭރުގެ ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީގައި އިނގިރޭސި ވިލާތް ދެމި އޮންނަން ފެނޭތޯ ބެލުމަށެވެ.