އެފްރިކާގެ 22 ކުއްޖަކަށް އޮޒިލް އާއި ޕޮގްބާގެ ދީލަތި އެހީ
އެފްރިކާގެ 22 ކުއްޖަކަށް އޮޒިލް އާއި ޕޮގްބާގެ ދީލަތި އެހީ

ޕެރިސް، ފްރާންސް (ޖޫން 24) - "ބިގްޝޫ11" ކެމްޕެއިންގެ ދަށުން އެފްރިކާގެ 22 ކުއްޖެއްގެ އޮޕަރޭޝަނަށް ޖަރުމަނުގެ މެސުތު އޮޒިލް އާއި ފްރާންސްގެ ޕައުލް ޕޮގްބާ ފަންޑްކޮށްދީފި އެވެ.

މި ކެމްޕެއިނަކީ އުފެދުމުގައި ސިއްހީ މައްސަލަ ދިމާވެފައިވާ ކުދިންނާއި އޮޕަރޭޝަނަށް ބޭނުންވެފައި ތިބި ކުދިންނަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ އޮޒިލް އަދި ޕޮގްބާ، މީގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 11 ކުއްޖެއްގެ އޮޕަރޭޝަނަށް ބޭނުންވާ ހަރަދުދީފަ އެވެ.

"މި ހަރަކާތުގައި ބައިވެރިވެވުނީތީ އުފާކުރަން. ޔޫރޯގެ ތެރޭގައި އަހަރެން 11 ކުއްޖެއްގެ އޮޕަރޭޝަނަށް ފައިސާ ހަރަދުކުރާނަން. އެއީ އަހަރެންގެ 11. އަހަރެންގެ ފޭވަރިޓް ޓީމް،" އޮޒިލް ބުނެފައިވެ އެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން ވެސް އެހެން ބައެއް ކުޅުންތެރިން ކުރިއަށް އޮތްތަނުގައި މި ކެމްޕެއިނުގައި ބައިވެރިވާނެ އެވެ.