12 ޖުލައި 2017 - 20:37

ސޮނީހާޑްވެއާ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް "ކާޗާ"ގެ އައުޓްލެޓް ފިހާރައެއް ހުޅުވައިފި އެވެ.

މަޖީދީ މަގު ސޮނީ ހާޑްވެއާ ޕްރޮފެޝަނަލް ފިހާރައިގެ އެއްވަނަ ފަންގިފިލާގައި ހުންނަ މި އައުޓްލެޓް ސްޓޯ އިން ކާޗާގެ އާ އުފެއްދުންތައް އިފުތިތާހު ކުރުމާއި ކަސްޓަމަރުން އަމިއްލައަށް ތަކެތި ޓެސްޓު ކުރެވޭނެ ކަމަށް ސޮނީ ހާޑްވެއާ އިން ބުންޏެވެ
ކާޗާ ފިހާރަ ހުޅުވާދެއްވީ ކާޗާ ގެ ވައިސް ޕްރެސިޑެންޓް އެކްސެލް ސްޓޯލްޒް އާއި ސޮނީ ހާޑްވެއާގެ މެނޭޖިން ޑިރެކްޓަރު މޫސާ ކަލީމެވެ.
ސޮނީހާޑްވެއާ އިން ކާޗާ ބްރޭންޑްގެ ތަކެތި ވިިއްކުމާއި ސާވިސް ދެމުންގެންދާތާ މިހާރު ވަނީ 10 އަހަރު ވެފަ އެވެ. ކާޗާއަކީ ސާފު ކުރުމަށް ބޭނުންވާ ތަކެތި ވިއްކުމުގައި ދުނިޔޭގެ އެއްވަނަ ހޯދާފައިވާ ބްރޭންޑެކެވެ.
ކާޗާގެ އުފެއްދުންތަކަށް ސޮނީ ހާޑްވެއާ އިން ވޮރެންޓީ އާއި އާފްޓާ ސޭލް ސާވިސް އަދި ސައިޓްތަކަށް ގޮސް އިންސްޕެކްޝަނާއި ސާވިސް ދިނުމުގެ ހިދުމަތް އަންނަނީ ދެމުންނެވެ.