ވޯޓުލުން ނިމިއްޖެ، ރައްޔިތުން ނަތީޖާގެ އިންތިޒާރުގައި
ވޯޓުލުން ނިމިއްޖެ، ރައްޔިތުން ނަތީޖާގެ އިންތިޒާރުގައި

ލަންޑަން (ޖޫން 24) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރެއްގެ ގޮތުގައި އިނގިރޭސި ވިލާތް އޮންނާނީތޯ ނުވަތަ ނޫންތޯ ބެލުމަށް މިއަދު ނެގި ވޯޓުގެ ވަގުތު ހަމަވުމާ އެކު ވޯޓުލުން ނިންމާލައިފި އެވެ.

ވޯޓުލުން ނިމިއްޖެ، ރައްޔިތުން ނަތީޖާގެ އިންތިޒާރުގައި
ވޯޓުލުން ނިމިއްޖެ، ރައްޔިތުން ނަތީޖާގެ އިންތިޒާރުގައި

ވޯޓުލާން ފަށާފައި ވަނީ މިއަދު ހެނދުނު އިނގިރޭސި ވިލާތު ގަޑިން 7 ޖެހިއިރު އެވެ. ނިންމާލީ ރޭގަނޑު 10 ޖެހި އިރު އެވެ ވޯޓުގެ ނަތީޖާ ލިބޭނެ ކަމަށް ބެލެވެނީ އިނގިރޭސިވިލާތު ގަޑިން މާދަމާ ހެނދުނު އެވެ.

ވޯޓުލުން ނިމިއްޖެ، ރައްޔިތުން ނަތީޖާގެ އިންތިޒާރުގައި
ވޯޓުލުން ނިމިއްޖެ، ރައްޔިތުން ނަތީޖާގެ އިންތިޒާރުގައި

އިނގިރޭސި ވިލާތުގައި މިއަދު ބޭއްވި ތާރީޚީ ވޯޓުގައި ވޯޓުލާން 46.5 މިލިއަން މީހުން ރަޖިސްޓްރީ ކުރި އެވެ. މިއީ ރެކޯޑް އަދަދެކެވެ.

ވޯޓުލުން ނިމުމާ އެކު ސީލްކޮށްފައިވާ ވޯޓު ފޮށިތައް ގެންދާނީ ވޯޓު ގުނުމަށް ހަމަޖެހިފައިވާ 382 އޭރިިއާ އަށެވެ. މި 382 އޭރިއާ އިން އިންގްލެންޑުގެ ހުރިހާ ލޯކަލް ގަވަރްމަންޓް އޭރިއާ އަކާއި ސްކޮޓްލެންޑް، ވޭލްސް އަދި ނޮދަން އައިލެންޑާއި ޖިބްރޯލްތާ ތަމްސީލް ކުރާނެ އެވެ.

މިއީ އިނގިރޭސި ވިލާތުގައި ބޭއްވި ތިން ވަނަ ޚިޔާލު ހޯދުމުގެ ވޯޓެވެ. އެންމެ ފަހުން މީގެ ވޯޓެއް މީގެ ފަސް އަހަރު ކުރިން ނަގާފައި ވަނީ ޕާލަމެންޓަށް މެންބަރުން ހޮވާ ގޮތް ބަދަލު ކުރުމަށެވެ. އެ ފަހަރުގެ ވޯޓު ކާމިޔާބުވެފައެއް ނުވެ އެވެ. ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓު ނެގީ 1975 ވަނަ އަހަރު، އޭރުގެ ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީގައި އިނގިރޭސި ވިލާތް ދެމި އޮންނަން ފެނޭތޯ ބެލުމަށެވެ.