ގެނބުނު އާއިލާއެއް ސަލާމަތްކުރަން "އިންސާނުންގެ ޗޭނެއް"
ގެނބުނު އާއިލާއެއް ސަލާމަތްކުރަން "އިންސާނުންގެ ޗޭނެއް"

އެެމެރިކާގެ ފްލޮރިޑާގައި މޫދަށް އެރި އުޅުނު އެއް އާއިލާއެއްގެ ހަ މީހަކާއި އިތުރު ހަތަރު މީހަކު ގެނބެމުން ދަނިކޮށް އެތައް ބަޔަކު ބައިވެރިވެރިވެގެން ހެދި "އިންސާނުންގެ ޗޭނަކުން" އެންމެން ސަލާމަތްކޮށްފި އެވެ.

އޮޔާގޮސް ގެނބެމުން ދިޔަ މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަ މެމްބަރުންގެ އިތުރުން ދެން ހިމެނެނީ އެ މީހުން ސަލާމަތްކުރަން އުޅުނު ހަތަރު މީހެކެވެ.

ވޮޝިންޓަން ޕޯސްޓުން ބުނި ގޮތުގައި އެވަގުތު އެ ހިސާބުގަނޑުގައި އޮއި ގަދަކަމުން އެ އެންމެން ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް ނުފެނުނެވެ. އެމީހުން ސަލާމަތްކުރަން ދާ މީހުން ވެސް އޮޔާ ގޮސް ގެނބެމުން ދިޔަ މަންޒަރު ފެންނަމުން ދިޔަ އެވެ.

އެވަގުތު އެތަނުގައި އެއްވެސް ލައިފްގާޑަކު ވެސް ޑިއުޓީގައި ނެތެވެ. އެހެންވެ ރެސްކިއު ބޯޓެއް އަންނަންދެން ފުލުހުން ވެސް މަޑުކޮށްގެން ތިބީ އެވެ.

މީހުން ސަލާމަތްކުރުމުގައި ކާމިޔާބު ހޯދި ބައެއް މީހުން ދީފައިވާ އިންޓަވިއުއެއްގައި ބުނީ އެ އެންމެން މަރުވާ މަންޒަރު ބަލަން ތިބެން ކެތް ނުވެ، އެންމެން އެކައްޗެއް ކިޔާފައި އެކަކު އަނެކަކު އަތުގައި ހިފައިގެން އިންސާނުންގެ ޗޭނެއް ހެދީ ކަމަށެވެ. މި ޗޭނުގައި 80 ވަރަކަށް މީހުން ހިމެނޭއިރު ފަތަން ނޭނގޭ މީހުން ވެސް އޭނގެ ތެރޭގައި ހިމެނެ އެވެ.

މި މީހުންގެ ތެރެއިން އެންމެ ބޭރަށް ހުރީ ފަތަން ދަންނަ މީހެކެވެ. އޭނާ ފަހަރަކު މީހަކު ސަލާމަތްކޮށް ޗޭނުގައި ތިބި މީހުންނަށް ޕާސްކުރަނީ އެވެ.

މި މީހުންގެ ހިތްވަރުން، އެ ވަގުތު ގެނބެމުންދިޔަ 10 މީހުންގެ ފުރާނަ ސަލާމަތްކޮށް ހިކިފަސް ހިސާބަށް ވަނީ ގެންދެވިފަ އެވެ.