ޗާޗިލް ވެސް ޔޫރަޕުގެ ޑިމޮކްރެސީ ދޫކޮށެއް ނުލައްވާ: ކެމަރަން
ޗާޗިލް ވެސް ޔޫރަޕުގެ ޑިމޮކްރެސީ ދޫކޮށެއް ނުލައްވާ: ކެމަރަން

ލަންޑަން (ޖޫން 24) - ޔޫރަޕިއަން ޔޫނިއަަންގައި އިނގިރޭސި ވިލާތް ދެމި އޮންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް އެ ގައުމުގެ ރައްޔިތުން މިއަދު ވޯޓުލަމުންދާ އިރު އެންމެ ފަހު ވަގުތު ވެސް ބޮޑު ވަޒީރު ޑޭވިޑް ކެމަރަންގެ އިލްތިމާސް އަކީ ހަނގުރާމައިގެ ދުވަސްތަކުގެ މަތިން ހަނދާން ކުރައްވާ ވިންސްޓަން ޗާޗިލްގެ ސިޔާސަތަކަށްވީ ވެސް ޔޫރަޕާ އެކު ކުރިއަށް ވަޑައިގަތުން ކަމަށް ވިދާޅުވެއްޖެ އެވެ.

ޗާޗިލް ވެސް ޔޫރަޕުގެ ޑިމޮކްރެސީ ދޫކޮށެއް ނުލައްވާ: ކެމަރަން
ޗާޗިލް ވެސް ޔޫރަޕުގެ ޑިމޮކްރެސީ ދޫކޮށެއް ނުލައްވާ: ކެމަރަން

ކެމަރަން ވިދާޅުވީ ގައުމުގެ ރައްޔިތުން ވެސް އެ މަގު ނޫން މަގެއް އިޚްތިޔާރު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ޗާޗިލް ވެސް ޔޫރަޕުގެ ޑިމޮކްރެސީ ދޫކޮށެއް ނުލައްވާ: ކެމަރަން
ޗާޗިލް ވެސް ޔޫރަޕުގެ ޑިމޮކްރެސީ ދޫކޮށެއް ނުލައްވާ: ކެމަރަން

އިނގިރޭސި ވިލާތު ގަޑިން ހެނދުނު 7 ޖެހިއިރު ވޯޓުލާން ފަށާފައިވާ އިރު ނިމޭނީ ރޭގަނޑު 10 ޖަހާއިރު އެވެ. ރާއްޖޭ ގަޑިން ދަންވަރު 2 ޖަހާއިރު އެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މި ވޯޓުގައި 46.5 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ވޯޓުލާން ނުކުތް މީހުންނާ ބެހޭ ތަފްސީލެއް ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ. އިންތިޚާބުގައި ގިނަ ބަޔަކު ވޯޓުދީފި ނަމަ އީޔޫގައި ދެމި އޮތުމަށް ތާއީދު ކުރަނީ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ވޯޓުލާން ރެކޯޑް އަދަދަކަށް މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ޗާޗިލް ވެސް ޔޫރަޕުގެ ޑިމޮކްރެސީ ދޫކޮށެއް ނުލައްވާ: ކެމަރަން
ޗާޗިލް ވެސް ޔޫރަޕުގެ ޑިމޮކްރެސީ ދޫކޮށެއް ނުލައްވާ: ކެމަރަން

އެންމެ ފަހުގެ އިލްތިމާސް އަކަށް ވެސް ކެމަރަން ވިދާޅުވެފައި ވަނީ މަތިންދާ ބޯޓުން ފުންމާލައިފި ނަމަ އަނބުރާ ނޭރޭނެ ކަމަށެވެ. ވޯޓުގެ ކުރިން ނެގި ޚިޔާލު ހޯދުމުގެ ނަތީޖާތަކުގެ ފަރަގު އުޅެނީ އެއް ޕަސެންޓް ނުވަތަ ދެ ޕަސެންޓުގެ ތަފާތުގަ އެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް ބާރު އަޅާ "ލީވް" ކޭމްޕަށް ކާމިޔާބު ކުރެވިއްޖެ ނަމަ އިނގިރޭސި ވިލާތް ވާނީ 28 ގައުމު ހިމެނޭ ޔޫރަޕުގެ ޖަމާއަތުގެ 60 އަހަރުގެ ތާރީޚުގައި އެ ޖަމާއަތް ދޫކޮށްލާ ފުރަތަމަ ގައުމަށެވެ. އިނގިރޭސި ވިލާތް ޔޫރަޕުން ވަކި ނުވުމަށް ޔޫރަޕުގެ ލީޑަރުން ވެސް އެންމެ ފަހު ވަގުތު ވަނީ އިލްތިމާސްކޮށްފަ އެވެ.