ބޮޑުވަޒީރަށް ތާއީދުކުރާތީ އަރާރުންވެފައި ކައިވެނި ކެންސަލް ކޮށްފި
ބޮޑުވަޒީރަށް ތާއީދުކުރާތީ އަރާރުންވެފައި ކައިވެނި ކެންސަލް ކޮށްފި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ދެ ޒުވާނަކު ސިޔާސީ ޒުވާބަކަށް ފަހު އެ މީހުންގެ ކައިވެނި ކެންސަލްކޮށްފި އެވެ.

އަރާރުން އުފެދުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބެހޭ ގޮތުން ދެ މީހުން ދެކޭ ގޮތް ތަފާތުވެގެންނެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނީ ވިޔަފާރިވެރިޔާ ކައިވެނި ކުރާ ގޮތަށް ހަމަޖެހިފައި އޮތީ ސަރުކާރުގެ ވަޒީފާއެއް އަދާކުރާ އަންހެނަކާ ކަމަށެވެ. އެ ނޫހުން ބުނީ އެންގޭޖްވެ ކައިވެންޏަަށް ތައްޔާރުވެފައިވާ މި ދެ މީހުން ކައިވެނީގެ އެންމެ ފަހުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ތަނެއްގައި ބައްދަލުކުރި ކަމަށެވެ.

މި ބައްދަލުކުރުމުގައި ހުރިހާ ކަމެއް ވެސް ވަރަށް އޮމާންކޮށް ދަނިކޮށް އެތަނުގައި އިން މީހަކު އިންޑިޔާގެ އިގްތިސާދީ ދަށްވެފައިވާ ކަމަށް ބުނެ ވާހަކަ ދައްކަން ފެށި އެވެ. ކައިވެނިކުރާ އަންހެންމީހާ ގަބޫލުކުރާ ގޮތުގައި މިއީ މޯދީގެ އިގްތިސާދީ ސިޔާސަތު ދޯހަޅިކަމުން ދިމާވެގެން އުޅޭ ކަމެކެވެ. އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ބޮޑުވަޒީރު މޯދީ އެވެ.ކަމަށް ބުންޏެވެ. ނަމަވެސް ކައިވެނިކުރަން ހަމަޖެހިފައިވާ ފިރިހެން މީހާ އަކީ މޯދީގެ ސަޕޯޓަރެކެވެ. އެހެންވެ ވާން އުޅޭ އަނބިމީހާގެ އެ ވާހަކަޔަށް އެއްބަހެއް ނުވެވުނެވެ. މި އަރާރުން ކުއްލިއަކަށް ހޫނުވެ ކައިވެނި ކެންސަލްކުރާ ހިސާބަށް ދިޔައީ އެވެ.

މި މީހުން ސުލްހަ ނުކުރެވި އާއިލާގެ މީހުންނަށް ވެސް ޖެހުނީ ބަލަހައްޓައިގެން ތިބޭށެވެ.

އިންޑިއާގައި އެންމެ ފަހު ވަގުތު ކައިވެނިތައް ކެންސަލްކުރާ ސަބަބުތަކުގެ ތެރޭގައި އާދަޔާ ހިލާފް ކަންކަން ހިމެނެ އެވެ. އެގޮތުން، ފިރިހެންމީހާގެ ގޭގައި ފާޚާނާ ނެތުން ނުވަތަ ހުންނަ ފާޚާނާ މަދުވުމާއި ފިރިހެންމީހާއަށް އަންހެންމީހާގެ އާއިލާގެ މީިހުން ދޭ ހިސާބު ނަންބަރު ހަދަން ނޭނގުން ހިމެނެ އެވެ.

ނަަމަވެސް ގައުމުގެ ބޮޑުވަޒީރު ދެކެ އަންނަ ރުޅީގައި ކައިވެންޏެއް ކެންސަލް ކުރި މިއީ ފުރަތަމަ ފަހަރު ކަމަށް ވެދާނެ އެވެ.