24 ޖޫން 2016 - 08:00

ޓޮމް ހޭންކްސްގެ ފޭނުން އޮކްޓޯބަރަށް މަޑުކޮށްލާށެވެ. އަނެއްކާ ވެސް ވަރުގަދަ ފިލްމާ އެކު އޭނާ އެނބުރި ސްކްރީނަށް އަންނާނެ އެވެ.
ދެ ފަހަރު އޮސްކާ ހޯދާފައިވާ މަަޝްހޫރު އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ "އިންފާނޯ" އެވެ. މިއީ އެއްގޮތަކަށް ވެސް އާދައިގެ ފިލްމެއް ނޫނެވެ. "އިންފާނޯ" އަކީ ހޭންކްސްގެ ވަރަށް ކާމިޔާބު ދެ ފިލްމެއް ކަމަށްވާ ޑާ ވިންސީ ކޯޑް (2006) އާއި އެންޖަލްސް އެންޑް ޑީމޮންސް (2009) ގެ ފޮލޯއަޕެކެވެ.
ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ވަރުގަދަ ޕްލޮޓަކާ އެކު އަންނަ "އިންފާނޯ" އަކީ ހޭންކްސް އާއި ލިއުންތެރިޔާ ޑޭން ބްރައުންގެ އިތުރުން ޑައިރެކްޓަރު ރޮން ހަވަޑްގެ ކޮމްބިނޭޝަނެކެވެ. އެހެންވެ ފިލްމަކީ ހުރިހާ ގޮތަކުން ބެލިޔަސް ފުރިހަމަ އަދި މޮޅު ފިލްމަކަށް ވާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
ފިލްމުގެ ޓްރެއިލާ އިން ވެސް އެކަން ޔަގީންވެ އެވެ. "އިންފާނޯ" ގެ ޓްރެއިލާ އަށް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ.
މި ފިލްމުން ހޭންކްސް އާ އެކު މި ފަހަރު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރްފާން ހާން ވެސް ފެނިގެން ދާނެ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ފެސިލިޓީ ޖޯންސް، ބެން ފޮސްޓާ އަދި އޮމަރު ސައި ހިމެނެ އެވެ.
"އިންފާނޯ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 28 ގަ އެވެ.