ބަތަލާ މެންޑީ އާއި ލަވަ ކިއުންތެރިޔާ ރިއަން ވަރިވެއްޖެ
ބަތަލާ މެންޑީ އާއި ލަވަ ކިއުންތެރިޔާ ރިއަން ވަރިވެއްޖެ

"ވޯކް ޓް ރިމެމްބާ" އާއި "ޕްރިންސެސް ޑައިރީ" ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ މެންޑީ މޫ އާއި ލަވަ ކިއުންތެރިޔާ ރިއަން އެޑަމްސްގެ ހަތް އަހަރުވީ ކައިވެނި ރަސްމީކޮށް ނިމުމަކަށް ގެނެސްފި އެވެ.

ބަތަލާ މެންޑީ އާއި ލަވަ ކިއުންތެރިޔާ ރިއަން ވަރިވެއްޖެ
ބަތަލާ މެންޑީ އާއި ލަވަ ކިއުންތެރިޔާ ރިއަން ވަރިވެއްޖެ

އެ ދެ މީހުން ކައިވެނި ކުރީ މާޗް 10، 2009 ގަ އެވެ. ވަރިވި އިރު ދެ މީހުންނަށް ދަރިއަކު ލިބިފައެއް ނުވެ އެވެ. ދެ މީހުން ވަރިވާން އުޅޭކަން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

މެންޑީ، 32، އާއި ރިއަން، 41، ވަރިވިކަން ރަސްމީކޮށް އިއުލާން ކުރީ ގުޅިފައިވާ ބަޔާނެއްގަ އެވެ. ބަޔާނުގައި ބުނީ މިއީ ދެ މީހުން އަމިއްލަ އަށް ވަކިވާން ބޭނުންވެގެން ނިންމި ނިންމުމެއް ކަމަށެވެ. އެހެންވެ ވަރިއަކާ ހަމައަށް ދާން ޖެހުނު ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ފިލްމީ ތަރިއެއްގެ އިތުރުން މެންޑީއަކީ ވެސް ލަވަ ކިއުންތެރިއެކެވެ. އޭނާ އެންމެ ފުރަތަމަ ލަވައެއް ނެރުނީ 1999 ގަ އެވެ. އެއީ "ކެންޑީ" އެވެ. އޭނާ ނެރެފައިވާ އަލްބަމްތަކުގެ ތެރޭގައި އައި ވޮނަ ބީ ވިތު ޔޫ (2000)، ވައިލްޑް ހޯލް (2007) އަދި އެމެންޑާ ލެއި (2009" ފާހަގަކޮށްލެވެ އެވެ.

ރިއަން ނެރެފައިވާ ބައެއް އަލްބަމްތަކުގެ ތެރޭގައި ހާޓްބްރޭކާ (2000)، ލަވް އިޒް ހެލް (2004) އަދި ލައިވް އެޓް ކާނެޖީ ހޯލް (2015) ހިމެނެ އެވެ.