އެޕަލް އެއާޕޮޑްގައި ބަޔޯމެޓްރިކް ސެންސަރު އަޅުވަނީ
އެޕަލް އެއާޕޮޑްގައި ބަޔޯމެޓްރިކް ސެންސަރު އަޅުވަނީ

އެޕަލް އެއާޕޮޑްގައި ބަޔޯމެޓްރިކް ސެންސަރު އަޅުވަނީ ކީއްކުރަންބާއޭ ހިތަށް އަރާފާނެ އެވެ. ޖަވާބު ވަރަށް ސާދާ އެވެ. އެއީ ބަޔޯމެޓްރިކް ސެންސަރު ބޭނުން ނުކޮށް، ކަސްޓަމަރުންނަށް ދެވެން ނެތް، ފަސޭހަތަކެއް ފޯރުކޮށްދޭށެވެ. އޭގެ ތެރޭގައި ހިތުގެ ވިންދު ބެލުން އަދި އެއާޕޮޑް ބޭނުންކުރާ މީހާ އެއީ އޭގެ ވެރިޔާތޯ ބެލުން ވެސް ހިމެނެ އެވެ.

އެޕަލް އެއާޕޮޑަކީ އިއާފޯނެކެވެ. އެއަށް ބައެއް މީހުން "އިއާބަޑް"އޭ ވެސް ކިޔަ އެވެ. އެޕަލް އިން ކިޔަނީ އެއާޕޮޑް އެވެ. އެއީ ވަޔަލެސް އާލާތަކަށް ވާތީ ކަމަށް ވެދާނެ އެވެ. އެހެން މީހުންނާ ތަފާތުވުމަކީ އެޕަލް އަށް އަބަދު ވެސް ވަރަށް ކަމުދާ ކަމެކެވެ.

އެއާޕޮޑް ތައާފުރުވެ އާންމުގެ ތެރެއަށް މަޝްހޫރުވީ އައިފޯން 7 އަށް ފަހު އެވެ. އެޕަލް އިން ހެޑްފޯން ޖެކް ނައްތާލި ހިސާބުންނެވެ. އައިފޯނުގައި 3.5އެމްއެމް ހެޑްފޯން ޖެކު ޖެހޭކަށް ނުހުރެ އެވެ. އޭގެ ބަދަލުގައި ބޭނުންކުރަން ޖެހެނީ އެއާޕޮޑެވެ.

އެއާޕޮޑްގައި ބޭނުންކުރުމަށް ބަޔޯމެޓްރިކް ސެންސަރުތަކެއް އެޕަލް އިން ރެޖިސްޓްރީކުރީ ވާދަވެރިންގެ ކިބައިން ހިތްވަރު ހޯދައިގެންނެވެ. ހިތް ހިނގާ މިންވަަރު، ހަށިގަނޑަށް ފެން ބޭނުންވާ މިންވަރު އަދި ފިނިހޫނުމިން ހުރި މިންވަރު ބެލޭ ގޮތަށް ވާދަވެރިން ވެސް ދަނީ އިއާބަޑްތައް ޑިޒައިންކުރަމުންނެވެ. އޭގެ މިސާލަކަށް ޖެބްރާގެ "އެލީޓް ސްޕޯޓް ވަޔަލެސް އިއާބަޑް"ތައް ފުދެ އެވެ. މިއީ އީކޭޖީ ސެންސަރު އިންނަ އާލާތެއް ކަމަށް ބެލެވެ އެވެ. އީކޭޖީ ސެންސަރުގެ ބޭނުމަކީ ހިތުގެ ވިންދު ބެލުމެވެ. ހިތް ހިނގާ ރޭޓް ދެނެގަތުމެވެ.

އެއާޕޮޑްގައި ބަޔޯމެޓްރިކް ސެންސަރު އަޅުވައިފި ނަމަ "ފިޓްނެސް ޓްރެކާ"އެއް ގޮތަށް ބޭނުންކުރެވުން އެކަށީގެންވެ އެވެ. އެޕަލް އެއާޕޮޑަކީ ވަރަށް ސްމާޓް އާލާތެކެވެ. ފާމްވެއާ އަޕްޑޭޓްކުރުމުގެ ގާބިލުކަން ވަނީ އެއަށް ލިއްބައިދީފަ އެވެ.