ގަޑިބުރަށް އަނެއްކާ ވެސް ބޮޑެތި ބަދަލުތަކެއް
ގަޑިބުރަށް އަނެއްކާ ވެސް ބޮޑެތި ބަދަލުތަކެއް

މަރާމާތަށް ފަހު ތަޅާލި ގަޑިބުރަށް އަނެއްކާ ވެސް ބޮޑެތި ބަދަލުތަަކެއް ގެނައުމަށް ފަހު މިއަދު ހުޅުވައިިފި އެވެ.

ގަޑިބުރަށް އަނެއްކާ ވެސް ބޮޑެތި ބަދަލުތަކެއް
ގަޑިބުރަށް އަނެއްކާ ވެސް ބޮޑެތި ބަދަލުތަކެއް

މިދިޔަ އާދީއްތަ ދުވަހު ގަޑިބުރު ތަޅާލައި އެތަނުގެ ހުރިހާ ގަސްތަކާއި ވެލިތައް ނަގައި ބިންގަނޑު އެއްވަރު ކުރުމަށް ފަހު މަރާމާތު ކުރުމަށް އެބުރު ބަންދުކުރި އެވެ. ނަމަވެސް ހަފުތާއެއްގެ ތެރޭ ގަޑިބުރުގެ ވަށައިގެންވާ ސަތަރި ނެގި އިރު އެތަނުގެ މަރާމާތުތައް ވަނީ ނިމިފަ އެވެ.

ގަޑިބުރުގައި މިހާރު ވަނީ ތަފާތު ގަސްތަކެއް އިންދާފަ އެވެ. އަދި އެތަނުގެ ސައިޒު ވެސް ވަނީ ކުޑަކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ގަޑިބުރަށް މި ގެންނަ ބަދަލުތަކާ ގުޅިގެން އެމިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މިއީ މިސަރުކާރުން ގަޑި ބުރު މާރާމާތު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ގަޑިބުރު ތަޅާލައި އެތަަނުގެ މަރާމާތައް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު އެވެ. އެފަހަރުވެސް އެތަނުގެ ގަސްތައް ވަނީ ނަގާފަ އެވެ.

މީގެ އިތުރުން މިސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ މިފަދަ ކުދި ކުދި ތަންތަނާއި ޕާކުތައް ތަޅާލައި ބަދަލުތައް ގެނެއެވެ. އަދި ބައެއް ތަންތަން ތަކުރާރުކޮށް މާރާމާތު ކުރުމަކީވެސް އާއްމުކަމެކެވެ.