ހުއްދަ ލިބުމާ އެކު ލަންކާ އިން ޔޫރަޕަށް މަސް އެކްސްޕޯޓް ކުރަން ފަށައިފި
ހުއްދަ ލިބުމާ އެކު ލަންކާ އިން ޔޫރަޕަށް މަސް އެކްސްޕޯޓް ކުރަން ފަށައިފި

ކޮލަމްބޯ (ޖޫން 23) - ލަންކާ އިން ޔޫރަަޕަށް މަސް އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮތް އޮތުން އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު އުވާލުމާ އެކު ލަންކާ އިން ޔޫރަޕަށް މަަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ

ލަންކާގެ ފިޝަރީޒް މިނިސްޓަރު މަހިންދާ އަމަރަވީރާ ވިދާޅުވީ މަސް އެކްސްޕޯޓް ކުރުމުގެ ހުއްދަ އަލުން ލިބުނުތާ އެއް ހަފުތާ ފަހުން ފުރަތަމަ ޝިޕްމަންޓް ފޮނުވާފައި ވަނީ ނެދަލޭންޑްސް އަށް ކަމަށެވެ. އަދި އީޔޫގެ އެހެން ގައުމުތަކަށް ވެސް މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ލަންކާ އިން ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ މިންގަނޑުތަކަށް ލަންކާ އިން އަމަލު ކުރާ މިންވަރު ވަޒަން ކުރުމަށް ފަހު މަސް އެކްސްޕޯޓް ކުރުމުގެ ހުއްދަ އީޔޫ އިން ދިނީ ޖޫން މަހު 17 ވަނަ ދުވަހު އެވެ.

ލަންކާ އިން އީޔޫ އިން މަސް އެކްސްޕޯޓް ކުރުން އޮކްޓޯބަރު 2014 ގައި މަނާ ކުރުމުން ލަންކާގެ ސީފުޑް އެކްސްޕޯޓް ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. ލަންކާގެ ސީފުޑް އެކްސްޕޯޓް މިދިޔަ އަހަރު ވަނީ 35.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ސީފުޑް އެކްސްޕޯޓް ކޮށްގެން 2014 ވަނަ އަހަރު ލަންކާ އަށް 252.7 މިލިއަން ޑޮލަރު ލިބުނު އިރު މިދިޔަ އަހަރު ލިބިފައި ވަނީ 163.1 މިލިއަން ޑޮލަރެވެ. ލަންކާ އަކީ ކުރިން ތާޒާ އަދި ފިނިކުރި ކަނޑު މަހާއި ހިބަރު ޔޫރަޕަށް އެންމެ ގިނަ އިން އެކްސްޕޯޓް ކުރާ ގައުމެވެ. މި ބާވަތުގެ އެކްސްޕޯޓުން ލަންކާ އަށް 2013 ވަނަ އަހަރު ވަނީ 83.4 މިލިއަން ޑޮލަރު ލިބިފަ އެވެ.