ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންޝިޕުގައި ދުވުންތެރިޔާ ނާއިލް ވާދަކުރަނީ
ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންޝިޕުގައި ދުވުންތެރިޔާ ނާއިލް ވާދަކުރަނީ

ޕޮލެންޑުގައި ޖުލައި މަހު ބާއްވާ ދުނިޔޭގެ 20 އަހަރުން ދަށުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި، ރާއްޖޭގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލުމާ އެންމެ ގާތުގައި ހުރި ދުވުންތެރިޔާ މުހައްމަދު ނާއިލް ބައިވެރިކުރަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.

މިޑްލް ޑިސްޓެންސް ދުވުމުގެ ތަމްރީން ބޮޓްސްވާނާގައި މިހާރު ހަދަމުން އަންނަ ނާއިލް އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުއްމީދީ އެއް ދުވުންތެރިިޔާ އެވެ.

ޖުލައި 19-24 އަށް ބާއްވާ މި ޗެމްޕިއަންޝިޕުގެ 400 މީޓަރު ދުވުމުގެ އިވެންޓުގައި ނާއިލް ވާދަކުރާއިރު އޭނާ ވަނީ މި އަހަރުގެ މޭ މަހު ބޮޓްސްވާނާ ނެޝަނަލް ޗެމްޕިއަންޝިޕުގައި 400 މީޓަރު ދުވުން 48:53 ސިކުންތުން ނިންމައިފަ އެވެ. މިއީ ރާއްޖޭގެ ޖޫނިއާ ރެކޯޑެކެވެ. މި އިވެންޓުގެ ގައުމީ ސީނިއާ ރެކޯޑަކީ ހަސަން ސާއިދު ދުވެފައިވަނީ 47:47 ސިކުންތެވެ. ސާއިދުގެ ރެކޯޑް މުގުރާލަން ނާއިލް ދެން ހޯދަން ޖެހެނީ ސިކުންތަށް ވުރެ ކުޑަ ކުރިއެރުމެކެވެ.

ބާސްކެޓްބޯޅަ އަދި ސްވިމިންގައި ވެސް ފާހަގަކޮށްލެވޭ ނާއިލް ވަނީ އުމުރުން 16 އަހަރުގައި، މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އޭނާ އެ ފަހަރު ރޭސް ނިންމީ 50.58 ސިކުންތުންނެވެ.