ތިމާވެއްޓާ ރަހުމަތްތެރި ސައިބޯންޏެއް
ތިމާވެއްޓާ ރަހުމަތްތެރި ސައިބޯންޏެއް

ކޮންމެ ކަމެއްގައި ވެސް ތިމާވެއްޓާ މެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ. ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ދިޔާ ސައިބޯންޏާއި ޝެމްޕޫގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ނިއު ޒީލެންޑުގެ ބަޔޯކެމިސްޓެއް ކަމަށްވާ ބްރިޔަން ވަނީ މަސައްކަތް ފަށައިފަ އެވެ.

ތިމާވެއްޓާ ރަހުމަތްތެރި ސައިބޯންޏެއް
ތިމާވެއްޓާ ރަހުމަތްތެރި ސައިބޯންޏެއް

ޕްލާސްޓިކް ފުޅި ކުނީގެ ގޮތުގައި ގިނަވުމުގެ އިތުރުން ދިޔާ ސައިބޯނި އުފައްދާ ކުންފުނިތަކުން ގިނަ އަދަދެއްފެ ފެން އިސްރާފު ކުރެ އެވެ. މިކަމަށް ހައްލެއް ހޯދުމުގެ ނިޔަތުގައި ބްރިޔަން ވަނީ އިސްތަށިގަނޑާއި ހަންގަނޑަށް ފައިދާ ހުރި އަދި ތިމާވެއްޓަށް ގެއްލުން ނުވާ ޒާތުގެ ސައިބޯންޏާއި ޝޭމްޕޫ އުފައްދައިފަ އެވެ.

"އެތީކް" ބްރޭންޑުގެ ބާނީ ބްރިޔަން ފުރަތަމަ އުފެއްދީ "ސޮލިޑް" ޝޭމްޕޫ އެވެ. ހަރު ޝެމްޕޫއެއް އުފެއްދީ އޭނާ ޔުނިވާސިޓީ އޮފް ކެންޓަބަރީގައި ސައިންސް ޑިގްރީއަކަށް ކިޔަވަމުން ދިޔަ އިރު އެވެ. "އެތީކް" އަކީ ފަރަންސޭސި ބަހުން "އެތިކަލް" އެވެ. މި ބްރޭންޑުގެ ނަމާ އެއްފަދައިން އުފެއްދުންތަކުގައި ވެސް އޮޅުވާލެއް ނެތެވެ. ތިމާވެއްޓަށާއި ސިއްހަތަށް ރަނގަޅެވެ.

މި ބްރޭންޑުގެ ހަރު ސައިބޯންޏާއި ޝޭމްޕޫ އަދި ކޮންޑިޝަނާތައް ބަންދުކޮށްފައި ހުންނަނީ "ކޮމްޕޮސްޓަބްލް" ފޮށީގަ އެވެ. އެތިކްގެ ބަޔޯ ޑިގްރޭޑަބަލް ޕެކެޖިންގެ ސަބަބުން 60،000 ޕްލާސްޓިކް ފުޅިން ތިމާވެށި ސަލާމަތް ވެއްޖެކަމަށް އެމީހުން ބުނެފައިވެ އެވެ. ކުންފުނީގެ އަމާޒަކީ އެއް މިލިއަން ޕްލާސްޓިކް ފުޅި މަދުކުރުމެވެ.

އެތީކްގެ ސޮލިޑް ސައިބޯންޏާއި ޝޭމްޕޫއަށް ފުޅިއެއް ބޭނުމެއް ނުވެ އެވެ. ލިކުއިޑް ސައިބޯނި ނުވަތަ ޝޭމްޕޫތަކަކީ 90 ފެނެވެ. ފެން ލިބުން ދަތިވުމުގެ ދަތިކަން 2050 ގައި ދެ ބިލިއަން މީހުންނަށް ކުރިމަތިވާނެކަން ދިރާސާތަކުން އެނގެ އެވެ. އެހެންވެ އެތިކްގެ ސައިބޯންޏާއި ޝޭމްޕޫ ފަދަ ތަކެތި އުފައްދަނީ ހަމައެކަނި ހަންގަނޑަށާއި އިސްތަށިގަނޑަށް ފައިދާ ހުރި ގުދުރަތީ އެއްޗެހި ބޭނުންކޮށްގެންނެވެ.

މިސާލަކަށް ކޮކޯ ބަޓާ، ކާށި ތެޔޮ، ލެވެންޑާ، އޮރެންޖު، ވެނިލާ، އިނގުރު، އަންނާރު ފަދަ ގުދުރަތީ ބާވަތްތަކާއި ތެލެވެ. މި ކުންފުނިން ބުނާ ގޮތުގައި އެތީކްގެ އެއް "ބާ" ތިން ފުޅި ސައިބޯންޏާ އެއްވަރުވާނެ އެވެ. އަދި އެތީކްގެ ޝޭމްޕޫ ނުވަތަ ކޮންޑިޝަނާ ނުވަތަ ސައިބޯނި ފެނާ އެއްކޮށްލުމުން ފޮނު އަރާނެ އެވެ. އެހެންވެ މީގެ ކޮންމެ ސައިބޯންޏަކުން އެއް ލިޓަރު ފެން ސަލާމަތްކުރެވެ އެވެ.

ކޮސްމެޓިކްސް އަދި ބިއުޓީ ޕްރޮޑަކްޓްތައް އުފެއްދުމުގައި ތިމާވެއްޓާ ރަހުމަތްތެރިކޮށް އުފެއްދުމަށް އިސްކަން ދިނުން ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.