07 ޖުލައި 2017 - 19:34

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ހުރިހާ މައުލޫމާތެއް ހިމަނައިގެން، އެ ޕާޓީގެ އާ ވެބްސައިޓް މިއަދު ލޯންޗުކޮށްފި އެވެ.
ބޮޑެތި ބަދަލުތަކާ އެކު ލޯންޗު ކުރި މި ވެބްސައިޓުގައި، އެމްޑީޕީގެ ތާރީޚާއި ގޮފިތަކުގެ މައުލޫމާތާއި ޚަބަރާއި ނޫސްބަޔާންތަކުގެ އިތުރުން ހުރިހާ ދާއިރާއަކުން ޕާޓީން ގެންގުޅޭ ސިޔާސަތުތައް ހިމަނާފައި ވެ އެވެ.
އިންތިޚާބީ އޮފިޝަލުންގެ ގޮތުގައި ހިމެނޭ އެމްޑީޕީގެ ހުރިހާ ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގޮފިތަކުގެ އިސްވެރިންގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މައުލޫމާތު ވެސް އެ ބޭފުޅުންގެ ފޮޓޯއާއެކު އާ ވެބްސައިޓުގައި ވެ އެވެ.
އެމްޑީޕީން ބުނީ ކުރީގެ ވެބްސައިޓާ އަޅާބަލާއިރު، މިއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ވެބްސައިޓެއް ކަމަށެވެ. އަދި މި ވެބްސައިޓުން އެ ޕާޓީއާ ގުޅޭ ހުރިހާ މައުލޫމާތަކާ އެކި ކަންކަމާ ގުޅޭ ފޮޓޯ ވެސް ލިބެން ހުންނާނެކަން އެމްޑީޕީން ބުނެ އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ ރަޖިސްޓަރީ ކުރީ 2005 ވަނަ އަހަރު އެވެ. މިހާރު އެއީ ރާއްޖޭގައި ދެވަނަ އަށް އެންމެ މީހުން ގިނަ ޕާޓީ އެވެ.