ބޯކޮށް ވާރޭވެހި، ތިމަރަފުށީގެ ބޮޑު ބައެއް ފެނު އަޑީގައި
ބޯކޮށް ވާރޭވެހި، ތިމަރަފުށީގެ ބޮޑު ބައެއް ފެނު އަޑީގައި

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ގަދަ ވިއްސާރައިގައި ތ. ތިމަރަފުއްޓަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބޮޑު ބައެއްގައި ފެންބޮޑުވެއްޖެ އެވެ.

ބޯކޮށް ވާރޭވެހި، ތިމަރަފުށީގެ ބޮޑު ބައެއް ފެނު އަޑީގައި
ބޯކޮށް ވާރޭވެހި، ތިމަރަފުށީގެ ބޮޑު ބައެއް ފެނު އަޑީގައި

ރޭއްސުރެ މެދުކެނޑުމެއްނެތި ވެހެމުން އަންނަ ވާރޭގެ ސަބަބުން އެ ރަށުގެ އުތުރު ފަރާތުގައި ތިން ފޫޓަށް ވަނީ ފެންބޮޑުވެފަ އެވެ. އަދި 80 އަށް ވުރެ ގިނަ ގޭގެއަށް ފެން ވަދެ، ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.

ބޯކޮށް ވާރޭވެހި، ތިމަރަފުށީގެ ބޮޑު ބައެއް ފެނު އަޑީގައި
ބޯކޮށް ވާރޭވެހި، ތިމަރަފުށީގެ ބޮޑު ބައެއް ފެނު އަޑީގައި

"އަޅުގަނޑުމެން ނުދެކެން މީގެ ކުރިން މިހާ ބޮޑަށް މި ރަށުގައި ފެންބޮޑުވެފައި އޮއްވައެއް. އުތުރު ފަރާތް ގާތްގަނޑަކަށް މި އޮތީ ފެނު އަޑީގައި،" ތިމަރަފުށީ ކައުންސިލްގެ ރައީސް ހުސެން ޝަރީފް ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހި، ތިމަރަފުށީގެ ބޮޑު ބައެއް ފެނު އަޑީގައި
ބޯކޮށް ވާރޭވެހި، ތިމަރަފުށީގެ ބޮޑު ބައެއް ފެނު އަޑީގައި

"ގެތަކުގެ ކޮޓަރިތަކަށް ވެސް ފެން ވަދެ، ފަރުނީޗަރުތައް ވެސް ހަލާކުވެފައި ހުރީ،"

އޭނާ ވިދާޅުވީ ވިއްސާރަވެ، ފެންބޮޑުވުމުގެ ސަބަބުން ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ސްކޫލު ބަންދުކޮށްފައިވާ ކަމަށެވެ. އަދި ރަށުގެ ގިނަ ބަޔަކު ނިކުމެ، މަގުތަކުގައި ކޯރު ކޮނެ، މޫދަށް ފެން ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ތިމަރަފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތަށް ބޭނުންކުރާ ހައިމާކު ފަދަ ތަކެތި މިހާރު ބޭނުން ކުރަމުން އަންނަނީ މަގުމަތީގައި ކޯރު ކޮނުމަށެވެ.

"ކޯރު ކަނޑައި މޫދަށް ފެން ބޭރުކުރަން ފެށި ފަހުން ކޮންމެވެސް ވަރަކަށް ފެންގަނޑު ވަނީ ކުޑަވެފައި. އެކަމަކު އަދިވެސް ބޭރުތެރެއަށް ނިކުމެ އުޅެވޭ ވަރެއް ނުވޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ ގިނަ ގެތަކަށް ފެން ވަދެފައިވާ އިރު ބައެއް ގެތަކުން މީހުން ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ރަށުން ގޯނި ހުސްވެފައި ހުރުމުން ވެލި ބަސްތާ ފަދަ އެއްޗެހި ޖެހެން މިވަގުތު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ އެވެ. އަދި މޫސުމް ގޯސް ވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ވެސް ވަނީ ނެރެފަ އެވެ.

އިއްޔެ ހަވީރު މާލޭ ސަރަހައްދަށް ވަރަށް ބާރަށް ވައި ޖެހި، ކަނޑު ގަދަވި އެވެ.