ޔުނައިޓެޑުގެ ކެޕްޓަންކަން ކެރިކާއި ހެރޭރާ އަށް؟
ޔުނައިޓެޑުގެ ކެޕްޓަންކަން ކެރިކާއި ހެރޭރާ އަށް؟

މެންޗެސްޓާ (ޖުލައި 6) – ކުރިއަށް އޮތް ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަންކަން ކުރާނީ އިނގިރޭސި މިޑްފީލްޑަރު މައިކަލް ކެރިކް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑުގެ މިހާރުގެ ކެޕްޓަން ވޭން ރޫނީ އަންނަ ސީޒަނުގައި ނުހުންނާނެކަން މިހާރު ވަނީ ވަރަށް ބޮޑަށް ޔަގީންކުރެވިފަ އެވެ. އޭނާ ބަދަލުވާނެ ކަމަށް ބެލެވެނީ ކުރީގެ ކްލަބް އެވަޓަން އަށެވެ.

ކެޕްޓަން ދެން އަޅާނެ ކަމަށް ބެލެވޭ ކެރިޗް ޔުނައިޓެޑަށް ބަދަލުވީ 2006 ވަނަ އަހަރު ޓޮޓެންހަމް ހޮޓްސްޕާސް އިންނެވެ. އުމުރުން 35 އަހަރުގެ ކުޅުންތެރިއާ ވަނީ 459 މެޗު ކުޅެދީ އެ ކްލަބާ އެކު ޕްރިމިއާ ލީގު ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

ޔުނައިޓެޑުގެ ވައިސް ކެޕްޓަންކަން ދޭނެ ކަމަށް ބެލެވެނީ ސްޕެއިން މިޑްފީލްޑަރު އަންދަރު ހެރޭރާ އަށެވެ. ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯ އިން 2014 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު އުމުރު 27 އަހަރުގެ ހެރޭރާ ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ގެންދަން ސްޕެއިނުގެ ބާސެލޯނާ އިން ވެސް ބޭނުންވި އެވެ. އޭނާ އަކީ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ވަރަށް ގަޔާވާ ކުޅުންތެރިއެކެވެ. ހެރޭރާ ފާހަގަކުރެވެނީ މަސައްކަތުގެ ރޭޓް ވަރަށް މަތީ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ކެރިކަށް އަންނަ ސީޒަނުގައި ފުރަތަމަ އެގާރައިން މާ ގިނަ ފުރުސަތު ލިބޭނެ ކަމަށް ނުބެލެވެ އެވެ. އެކަމަކު ވެސް އެންޓޯނިއޯ ވެލެންސިއާ ނުވަތަ ޑޭވިޑް ޑެހެއާ ފަދަ ކުޅުންތެރިއަކަށް ކެޕްޓަންކަން ނުދިނީ، އިނގިރޭސި ކުޅުންތެރިންނަށް ކެޕްޓަން ބޭންޑް ދިނުމުގެ ސަގާފަތެއް ޔުނައިޓެޑުން ގެންއުޅޭތީ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަންކަން މިދިޔަ 35 އަހަރުކޮށްފައިވާ ކުޅުންތެރިންނަކީ ރޭ ވިލްކިންސް އާއި ބްރަޔަން ރޮބްސަނާއި ސްޓީވް ބްރޫސް އާއި އެރިކް ކެންޓޮނާ އާއި ރޯއީ ކީނާއި ގެރީ ނެވިލާއި ނެމަންޔާ ވިޑިޗް އަދި ރޫނީ އެވެ.