ކެޓުރީނާ ގޭގައި ދަނޑުވެރިކަން ކުރަނީ
ކެޓުރީނާ ގޭގައި ދަނޑުވެރިކަން ކުރަނީ

ކެޓުރީނާ ކައިފަކީ ހަމަ އެކަނި އެކްޓަރެއް ނޫނެވެ. އެކި ފަންނުތަކުގައި އޭނާގެ ހުނަރު އެބަހުއްޓެވެ. އޭގެ ތެރޭގައި ދަނޑުވެރިކަން ކުރުން ހިމެނެ އެވެ.

ކެޓުރީނާ ގޭގައި ދަނޑުވެރިކަން ކުރަނީ
ކެޓުރީނާ ގޭގައި ދަނޑުވެރިކަން ކުރަނީ

ކެޓުރީނާ ވަނީ އޭނާގެ ގަސް ހެއްދުމުގެ ހުނަރުން ހައްދާފައިވާ ކެރެޓްތަކެއް ހިފައިގެން ހުރި ފޮޓޯއެއް އިންސްޓަގްރާމް ކޮށް ގިނަ ބަޔަކު ހައިރާން ކޮށްލާފަ އެވެ. މިއީ ކެޓުރީނާގެ ގޭގައި އޮންނަ ކުޑަކުޑަ ބަގީޗާއެއްގައި އޭނާ ހައްދާފައިވާ އެއްޗެކެވެ.

"ކޮންމެ މީހަކަށް ވެސް ބޭނުންވާ ވަރަށް ކެރެޓް އަމިއްލައަށް ހެއްދިދާނެ،" ކެޓުރީނާގެ ފޮޓޯ ކެޕްޝަނެއްގެ ގޮތުގައި ލިޔެފައި ވެއެވެ. މި ފޮޓޯ ޝެއާ ކޮށްލުމާއެކު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހަތަރު ލައްކަ އަށް ވުރެ ގިނަ ލައިކް ލިބިފައި ވެއެވެ.

އަމިއްލަ ގޭގައި ހައްދައިގެން އޯގަނިކް ކާނާ ކެއުމަށް ކެޓުރީނާ ލޯބިކުރާތީ ގިނަ ބަޔަކު ވަނީ އަޖައިބުވެފަ އެވެ. އަދި މިއީ ކޮންމެ މީހަކުވެސް އަޖުމަ ބަލާލަން ރަނގަޅުކަމެއްގެ ގޮތުގައި ގިނަ ބަޔަކު ކޮމެންޓް ކޮށްފައި ވެއެވެ. ކެޓުރީނާއަށް ކެރެޓާއި އެނޫންވެސް ކާއެއްޗެތި ކުޑަކުޑަ ބަގީޗާއެއްގައި ހެއްދޭނަމަ އެހެން މީހުންނަށް ވެސް އެފަދަ އެއްޗެތި ނުހެއްދެންވީ ސަބަބެއް ނެތް ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

މި ފޮޓޮއަށް ކޮމެންޓްކޮށްފައިވާ ބައެއް ފޭނުން ބުނަނީ ފޮޓޯގައި ކެރެޓްތައް ހިފައިގެން ހުރީ ކެޓުރީނާ ނޫން ކަމަށާއި އޭނާ އޭނާގެ ކޮއްކޮ ސޯނިއާ ކަމަށް ހީވާ ކަމަށެވެ. ސަބަބަކީ ކެޓުރީނާގެ ފެޝަން އާއި ފޮޓޯގައި ހުރި މީހާގެ ފެޝަން ކުޑަކޮށް ތަފާތު ވީމަ އެވެ.

ރަންބީރު އާއި ކެޓުރީނާ ރުޅިވި ފަހުން ކެޓުރީނާ ވަނީ މުމްބައިގެ އެންމެ މުއްސަނދި މީހުން އުޅޭ ހިސާބުން މޫދު ކައިރިން ވަރަށް ރީތި ގެއެެއް ގަނެފަ އެވެ. އަދި މި ގެ އޭނާ ވަނީ ވަރަށް ރީތިކޮށް ޒީނަތްތެރިވެސް ކޮށްފަ އެވެ. ޚާއްސަކޮށް ގޭގައި އެކި ފާޑުގެ ގަސްތައް އިންދާ ހެއްދުމަކީ ކެޓުރީނާ ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެކެވެ.