19 މެއި 2016 - 12:05

މީޑިއާނެޓުގެ ރޯދަ ހަދިޔާ ޕްރޮމޯޝަނުން އެއްވަނައަށް ހޮވޭ ފަރާތަކަށް މިފަހަރު ޓާކިޝް އެއާލައިނުން ތުރުކީ ދަތުރެއް ހުށަހަޅައިފި އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މީޑިއާނެޓް ރޯދަ ހަދިޔާ ޕްރޮމޯޝަންގައި ތުރުކީ ދަތުރުގެ އިތުރުން ކޮންމެ ހަފުތާއަކު ގުރުއަތުން ނަސީބުވެރިއަކު ހޮވައި، އަގުހުރި އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމިރޭޓްސް އެއާލައިނުން ހުށަހަޅާފައިވާ ލަންކާ ދެކޮޅު ޓިކެޓާއި 40 އިންޗީގެ ޓީވީ އޭގެ ތެރޭގައި ހިމެނެ އެވެ.
މީޑިއާނެޓުގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ސިމާނާ އިސްމާއީލް ވިދާޅުވީ މި ޕްރޮމޯޝަނުގައި ކޮންމެ ކަސްޓަމަރަކަށް ވެސް މީޑިއާނެޓުގެ ޑީކޯޑަރެއް ގަނެގެން ބައިވެރިވެވޭނެ ކަމަށެވެ.
ސިމާނާ ވިދާޅުވީ ރޯދަ މަހަކީ ވަރަށް ހާއްސަ މަހެއް ކަމަށާއި މީޑިއާނެޓުން މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.