މިހާރުގެ ރެސިޕީ: ކަންކުން ބީފް
މިހާރުގެ ރެސިޕީ: ކަންކުން ބީފް

3 މީހުންނަށް

500 ގުރާމު ޓެންޑަލޮއިން ބީފް (ސާފުކޮށްފައި، ހިމަދިގުކޮށް ކޮށާފައި)

300 ގުރާމު ކަންކުން ފަތް (ދޮވެފައި، ބޮޑެތިކޮށް ކޮށާފައި)

2 ފިޔާ (ބޮޑު، ފަޅިކޮށްފައި، އަރިމަތިން ކޮށާފައި)

1 މޭޒުމަތީސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)

3 މޭޒުމަތީސަމުސާ ތެޔޮ

4 މޭޒުމަތީސަމުސާ އޮއިސްޓާ ސޯސް

3 މޭޒުމަތީސަމުސާ ސޯޔާ ސޯސް

½ ސައިސަމުސާ ފިޝް ސޯސް

½ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)

½ ޖޯޑު ފެން

ގިތެޔޮމިރުސް (ބޭނުން ވާ ވަރަކަށް)

ތަވަޔަށް ތެޔޮ އަޅާފައި، ހޫނު ވީމައި، ބީފް އަޅާފައި ބީފުން ނުކުންނަ ފެން ހިކެންދެން ކެއްކުން. ދެން ލޮނުމެދާއި ފިޔާ އަޅައިގެން އެއްކުރަމުން ކެއްކުން. ފިޔާކޮޅު މޯޅި ވީމައި، އޮއިސްޓާ ސޯސް، ސޯޔާ ސޯސް، ފިޝް ސޯސް، އަސޭމިރުސް، ގިތެޔޮމިރުސް އަޅައިގެން 3 މިނެޓު ކައްކާފައި، ކަންކުން ފަތްތައް އެޅުމަށް ފަހު، އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލާފައި، ބައި ޖޯޑު ފެން އެޅުން. ފަތްތައް މޯޅިވަންދެން ކައްކާލުން.

ރީނދޫބަތާ އެއްކޮށް މި ރިހަ ވަރަށް މީރުވާނެ.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.