04 ޖުލައި 2017 - 15:33

ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ މަޝްހޫރު "ހަގީސް" ނެޕީ އެސްޓީއޯ ސުޕާމާޓުން މިއަދު ބާޒާރަށް ނެރެފި އެވެ.
އެސްޓީއޯ ސުޕާމާޓްގައި ބޭއްވި ހަފްލާއެއްގައި ހަގީސް ނެޕީ ބާޒާރަށް ނެރެދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރެވެ.
އެސްޓީއޯއިން ވަނީ ހުޅުމާލޭ ގައި ހުންނަ "ފިޔަވަތި" އަށް ހަމަސް ދުވަހުގެ ނެޕީ ހަދިޔާ ކޮށްފަ އެވެ. ފިޔަވަތީގެ ފަރާތުން އެތަކެއްޗާ ހަވާލުވީ އެތަނުގެ ސީއީއޯ ފާތިމަތު ޝިޔާމާ އެވެ.
އެ ކުންފުނިން ވަނީ ހަގީސް ޑްރައިޕާސް އަދި ހަގީސް ޕޭންޓްސް މިއަދު ބާޒާރަށް ނެރެފަ އެވެ. އަދި މިތަކެތި އެސްޓީއޯގެ ބޭސްފިހާރަތަކާއި ރީޖަނަލް ފިހާރަތަކުން އެ ޕްރޮޑަކްޓް ލިބެން ހުންނާނެ ކަމަށް އެސްްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މިއީ ބާޒާރުގައި މިހާރު ލިބެން ހުރި އެންމެ އަގު ހެޔޮ އަދި ކޮލިޓީ ބްރޭންޑްގެ ނެޕީ ކަމަށެވެ.