މިހާރުގެ ރެސިޕީ: މާގަނޑުކޮޕީ ޔޯގަޓް
މިހާރުގެ ރެސިޕީ: މާގަނޑުކޮޕީ ޔޯގަޓް

300 ގުރާމު މާގަނޑުކޮޕީ (ކޯލީފްލާވަރ)

300 ގުރާމު އަލުވި (ރިހަޔަށް ކޮށާފައި)

1 ފިޔާ (އާދައިގެ، އަރިމަތިން ކޮށާފައި)

2 ލޮނުމެދު (ކޮށައިފައި)

½ ސައިސަމުސާ ރެވިއޮށް (މަސްޓަޑް ސީޑް)

⅓ ސައިސަމުސާ އަސޭމިރުސް (ރާޅުކޮށް މުގުރާފައި)

4 މޭޒުމަތީސަމުސާ ޔޯގަޓު (ޕްލޭން ޔޯގަޓް)

1 މޭޒުމަތީސަމުސާ ތެޔޮ

ރޯމިރުސް، ރީނދޫ، ލޮނު، ހިކަނދިފަތް

ތެޔޮފޮދު ތެރޭގައި ލޮނުމެދާއި ފިޔާ މީރުކުރުން. ފިޔާކޮޅު ވަޅޯވުމުން އަލުވި އެޅުމަށް ފަހު އެއް ޖޯޑު ފެން އެޅުން. އާދައިގެ އަލުވި ނަމަ 1 ޖޯޑު ފެން. ހުދުއަލުވި (ވައިޓް ޕޮޓޭޓޯ ނަމަ) ބައި ޖޯޑު ފެން. ފެންފޮދު ހިނދެން ފެށުމުން އޭގެ ތެރެއަށް (ބޭނުންވާ ސައިޒަކަށް ބައިތައް ވަކި ކޮށްފައިވާ) މާގަނޑުކޮޕީކޮޅު އަޅާލުން. އެއްކޮށްލުމަށް ފަހު، މަތިޖަހައިގެން އަލުވިކޮޅު ރަނގަޅަށް މަޑުވަންދެން ކައްކާލުން. ފެންފޮދު އެއްކޮށް ހިނދުނީމައި އަސޭމިރުސް، ރޯމިރުސް، ލޮނު، ރީނދޫ، މަސްޓަޑް ސީޑް، ޔޯގަޓު އަޅާފައި ރަނގަޅަށް އެއްކޮށްލުން. ކެކެން ފެށުމުން ލޮނު ހެޔޮވަރު ކޮށްފައި ހިކަނދިފަތް އެޅުން. ޔޯގަޓު އެޅުމަށް ފަހު މާގިނައިން ކައްކައިފި ނަމަ، މީގައި ހުންނަންވާ އެންމެ ފުރިހަމަ ރަހައެއް ނުހުންނާނެ.

ކުޅިމަހާއި ބަތް ނުވަތަ ކުޅިމަހާއި ރޮށްޓާ އެއްކޮށް މި މާގަނޑުކޮޕީ ޔޯގަޓު ވަރަށް މީރު ވާނެ.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.